ޚަބަރުސިޔާސީ

ތުޅާދޫ އެއާޕޯޓުގެ މަސައްކަތް އަވަސްކޮށް، އައު ހައުސިން މަޝްރޫއެއް މިއަހަރު ފަށައިދޭނަން: ރައީސް

ބ.ތުޅާދޫ އެއާޕޯޓުގެ މަސައްކަތް އަވަސްކޮށް، އެ ރަށުގައި މިއަހަރު 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަޝްރޫއުގެ މަސައްކަތާއި، މަސައްކަތުގެ ފެންވަރަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައެވެ.

އެއާޕޯޓުގެ މަސައްކަތް ހިނގަމުންދާއިރު ގެދޮރުވެރިކަމާއި އެކިކަހަލަ ސިނާއީ މަސައްކަތްތަކަށާއި، އިޖުތިމާއީ ބޭނުންތަކަށާއި، ރިޒާވްކޮށްފައި ބާއްވަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތުޅާދޫގައި ނިމިފައިހުރި ހައުސިން ޔުނިޓުތަކުގެ މައްސަލަ ކޯޓުތަކުގައި ހިނގަމުން އަންނަކަމަށާއި، އެ މައްސަލަ ނިމި ރައްޔިތުންނަށް ގެދޮރުގެ ބޭނުންކުރެވޭނެ ގޮތް ފަހިވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމުގައެވެ..

އެ މަޝްރޫއުތަކުގެ އިތުރުން ތުޅާދޫ ހޮސްޕިޓަލު ތަރައްގީކުރުމާއި، ރަށުގެ ޒުވާނުންނަށް  އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button