ޚަބަރު

މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނެތް: އިމްރާން

ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދު الله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒުކުރުމާބެހޭގޮތުން މިސަރުކާރުން އަމަލުކުރާނީ މިހާހިބަށްވެސް އަމަލުކުރަމުން އައި މޮރިޓޯރިއަމަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މިއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އަމަލުކުރަމުން އައި ގޮތް ކަމަށާއި، އެހެން ސަރުކާރުތަކުން މި އުސޫލު ބަދަލުކުރުމަށް މަސައްކަތްކޮށްފައި ވީނަމަވެސް، މި ސަރުކާރުން މި އުސޫލު ބަދަލު ނުކުރާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވިގޮތުގައި އެހެން ސަރުކާރުތަކުން މަރުގެ ޙުކުމް ތަންފީޒުކުރުމަށް، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނައުމަށް މަސައްކަތްކުރީ ސިޔާސީ މަންފާއަށެވެ. އަދި ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ކުރި މަސައްކަތަކީ އެކަމުގެ ނާޖާއިޒް ފައިދާ ނެގުމަށް ކުރި ކަމެއް ކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވިނަމަވެސް، މީގެ ކުރިން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ތައްޔާރުވުމަށްފަހު، އެކަން ނުކުރެވުނީ ޔޫރަޕުގެ ގައުމުތަކުގެ ނުފޫޒުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button