ޚަބަރު

ލަންކާގެ ރައީސް ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ދެކޮޅަށް ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން މުޒާހަރާ ކޮށްފި

އަވައްޓެރި ސްރީލަންކާގެ ރައީސް ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ދެކޮޅަށް، ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.

ކާނިވާ ސަރަހައްދުގައި މީގެ ކުޑަވަގުތުކޮޅެއް ކުރިން ފެށި މުޒާހަރާގައި  ލަންކާގެ ގިނަ ރައްޔިތުންތަކެއް ދަނީ ބައިވެރިވަމުންނެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ގޮޓަބަޔާ ވަގުތަށް އިސްތިއުފާ ދެއްވުމަށާއި، އެނބުރި ގައުމަށް ވަޑައިގަތުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ތިބި ލަންކާގެ އެތައް ރައްޔިތުންނެއް ދަނީ މީސްމީޑިއާގައިވެސް މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ހަމަ އެހެންމެ ރައީސް ގޮޓަބަޓާއަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ގުޅިގެން އެގައުމުގައިވެސް ދަނީ މުޒާހިރާ ކުރަމުންނެވެ.

ދިވެހިރާއްޖެއިން ރައީސް ގޮޓަބަޔާއަށް ހިމާޔަތް ދިނީ މަޖްލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އެދިލެއްވުމަކަށެވެ. މިކަމާ ގުޅުގެން ދިވެހިންނާއި، އަދި ލަންކާގެ ރައްޔިތުންގެވެސް ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވާއިރު، މިކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ފުށުން ބަހެއް ލިބޭގޮތުް ވަނީ ނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button