ޚަބަރުސިޔާސީ

ޔަންގް ޑިމޮކްރެޓްސްގެ ލީޑަރަކަށް މާސިހު، ނައިބަކަށް އަޒްވަރު

ދަ ޑިމޮކްރެޓްސްގެ ޒުވާނުންގެ ގޮފި، ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު ކަމުގެ މަގާމަށް މުހައްމަދު މާސިހު އަދި ނައިބު ލީޑަރު ކަމުގެ މަގާމަށް މުހައްމަދު އަޒުވަރު ކުރިމަތިލުމަށް ނިންމަވައިފިއެވެ.

މާސިހު އަކީ ނ.ވެލިދޫއަށް އުފަން އެރަށު އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައި، އިސްތިއުފާ ދެއްވުމަށްފަހު ޑިމޮކްރެޓްސް އާއި ގުޅި، އެޕާޓީގެ އިންޓަރިމް ޔަންގް ޑިމޮކްރެޓްސްގެ ލީޑަރެވެ. އަދި އޭނާ ވަނީ ސްޓެލްކޯގެ މުވައްޒަފެއްގެ ގޮތުގައި ހުރި ވަޒީފާގެ ބިރަށް ނުބަލައި އެމްޑީޕީ އާއި ދެކޮޅަށް ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތަކުގަައި ބައިވެރިވެފައެވެ.

އަޒުވަރަކީ ދ.ކުޑަހުވަދޫ އަށް އުފަން، އެދާއިރާގެ އެމްޑީޕީގެ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނަވައި، އިސްތިއުފާ ދެއްވުމަށްފަހު، ގިނަ އަދަދެއްގެ މެމްބަޝިޕް ފޯމާއެކު ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންނެވި އެރަށު ކައުންސިލް މެންބަރެއްގެ ދަރިކަލުންނެވެ. އަޒުވަރު ވަނީ އެމްޑީޕީ އުފެދުނީއްސުރެން ފެށިގެން ރައީސް މުހައްމަދު ނަޝީދު އާއި އެއްކޮށް ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ޒުވާނެކެވެ. އަދި އެތަކެއް ފަހަރު އެބޭފުޅާ ވަނީ ފުލުހުންގެ ހައްޔަރަށް ގެންދެވި އެކިވަރުގެ އަނިޔާވެފައެވެ. އޭނާ ކުރިން ހުންނެވި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މަގާމުން ވަކި ކުރީވެެސް ސަރުކާރާ ދެކޮޅަށް ޑިމޮކްރެޓްސް އުފަންވުމުގެ ކުރިން ރައީސް ނަޝީދަށް ތާއީދުކުރައްވާތީއެވެ.

މާސިހުއާއި އަޒުވަރުގެ އިތުރުންވެސް ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު ކަމާއި ނައިބު ލީޑަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ލީޑަރު ކަމަށް އެޕާޓީގައި އުޅޭ ޒުވާނެއް ކަމަށްވާ ނ. މިލަންދޫ ޔޫސުފު ޝާހު އާއި ޑެޕިއުޓީ ލީޑަރުގެ މަގާމަށް ގދ. ވާދޫ ޒުވާން ކަނބަލެއް ކަމަށްވާ ފިތުރާ މުހައްމަދެވެ. ޝާހު އެމްޑީޕީގައި 7 އަހަރު އުޅެފައިވާއިރު، ފިތުރާ އަކީވެސް ޑިމޮކްރެޓްސްގެެ މެންބަރެކެވެ.

ޑިމޮކްރެޓްސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑި މިމަހުގެ 15 އަށް ހަމަވާއިރު، އެޕާޓީ އިސް ދެ މަގާމު ކަމަށްވާ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަދި ނައިބް ރައީސްގެ މަގާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. ވުމެންޑް ވިންގުގެ ރައީސް ކަމަށް ކުރަތިލެއްވީ ފާތުމަތު ހަމްދާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button