ޚަބަރުސިޔާސީ

ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން: މުއިއްޒު

ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓަކީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށާއި، ވެރިކަމަށް ވާދަކުރެއްވުމަށް ރައީސް ޔާމީން މަގުފަހިކޮށްދެއްވި ކަމަށްޓަކައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ ޖަގަހަ މިރޭ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް އޮތް ދޮރު ބަންދުކޮށްލީ މި ސަރުކާރުން ކަމުގައެވެ.

މުއިއްޒު ވަނީ ރައްޔިތުން މަގުމަތިވިޔަނުދީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް އިންތިހާބުގައި ވާދަ ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވި ކަމަށްޓަކައި ރައީސް ޔާމީނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވައި، ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން ޖަލުން މިނިވަން ކުރައްވާނެ ކަމުގައެވެ.

”ރައްޔިތުން ނިންމަންވީ ގައުމުގެ ކަންކަން ބައްޓަން ކުރުމަށް ކާކާތޯ ޒިންމާ ހަވާލުކުރާނީ. ފެންނަނީ ގައުމުގެ މިނިވަންކަން ގެއްލި، އިގްތިސާދު މަންޒަރު. މިވާހަކަތައް އަޅުގަނޑުމެންގެ ރައީސް ދައްކަވާތީ އެ އެކަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް އެއްފަރާތް ކުރީ. އަޅުގަނޑުމެން ދުލެއް ނުކުރާނަން. ރައީސް މިނިވަންކުރާނަން. އެކަން ކުރާނަން ފަހުރުވެރިކަމާއެކު.“ މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ޔާމީނަށް މިސަރުކާރުން އަނިޔާ ކުރާތާ 1000 ދުވަސް ވާން ކައިރިވެއްޖެ ކަމަށާއި، މިއީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ސަރުކާރެއް ކަމަށާއި، އެކަން ނިމެންޖެހޭ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button