ޚަބަރު

އަންހެނަކު ފެންވަރަން ހުއްޓާ ވީޑިއޯކުރަން އުޅުނު މީހަކު 28،800 ރުފިޔާއިން ޖޫރިނަމާކޮށްފި

ހއ.ފިއްލަދޫގައި އަންހެނަކު ފެންވަރަން ހުއްޓާ ވަގަށް ވީޑިއޯކުރަން އުޅުނު މީހެއްގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވެ އޭނާ 28،800 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފިއެވެ.

މިއީ މީގެ 2 އަހަރު ކުރިން ހއ ފިއްލަދޫގައި ހިނގި ހާދިސާއަކަށްވާއިރު، މި އަމަލު ހިންގާފައިވަނީ އެރަށު ވޮޝިންޓަންހައުސް، އަލީ ވަހީދު ނަމަކަށް ކިޔާމީހެކެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރަމުން އޭނާ ބުނެފައިވަނީ ރަށްރަށުގެ ގޯތިތެރެތަކަށް ވަންނަން ވަކި ހުއްދައެއް ނަގަން ނުޖެހޭކަމަށާއި އެ އަމަލަކީ އާންމު އުސޫލުން ކުރި ކަމެއްކަމަށެވެ. މި މައްސަލައިގައި ދައުލަތުން އޭނާއާ ދެކޮޅަށް ގިނަ ހެކިތައް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އެ ހާދިސާ ހިނގި އިރު ފާހާނަ ތެރޭގައި ހުރި އަންހެންމީހާވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ދައުލަތުން ހުށަހެޅި ހެކި ބަހަށް ބިނާކޮށް އޭނާގެ މައްޗަށް މައްސަލަ ސާބިތުވެފައިވާއިރު، އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަލީ ވަހީދަށް އަދަބެއްގެ ގޮތުގައި އަންނަ 4 މަހާއި 24 ދުވަހުގެ ޖަލުހުކުމުގެ ބަދަލުގައި އޭނާ 28،800 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އެގޮތުން ކޮންމެ މަހަކު މަދުވެގެން 4800 ރުފިޔާ މީރާއަށް ދެއްކުމަށް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button