ޚަބަރު

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލައިފި

ރަހީނު ކުރުމަށްފަހު މަރާލާފައި އޮތް 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހުޅުމާލެ ފޭސް 2 ގެ މޫދުން ފެނިއްޖެއެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ މަރާލާފައި އޮތީ ފޮށްޓެއްގެ ތެރެއަށް ލާފައެވެ. އަދި އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މިކަމާ ގުޅިގެން ”ބޮންތި“ އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ހުށަޙަޅާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ރޭ ދަންވަރު 2:38 އެހާކަންހާއިރު ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާއިލާއަށް އެ ކުއްޖާގެ ހަބަރެއް ނުވާތާ 2 ދުވަސް ވަނީ ވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. އެކަމަކު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ގްރޫޕެއްގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއްގެ ސަބަބުންނެވެ. ކުއްޖާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނީ އެ ކުއްޖާއާއި އެއްކޮށް އުޅޭ ދެ މީހެއްކަން ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ.

މިކަމާގުޅިގެން އިތުރަށް ލިބޭ މައުލޫމާތު ތަކާއި ހޯދާ ހޯދުންތައް މި ނޫހުން ގެނެސްދެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button