ޚަބަރުސިޔާސީ

ރައީސް ސޯލިހު 1.7 މިލިއަން ޑޮލަރު މުސްޠަފާ އަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވެއްޖެ

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ އަށް 1،778،000 މިލިއަން ޑޮލަރު ނުވަތަ 27.4 މިލިއަންރުފިޔާ ދެއްވަންޖެހޭކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ޓެގުކުރައްވައި މުޞްޠަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އޭނާއަށް 500,000 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށެވެ.

މުޞްޠަފާ ވިދާޅުވީ އޭނާއަށް އެ ފައިސާ ދެއްވަން ރައީސް ޞޯލިހަށް ޖެހިވަޑައިގަންނަވާ ކަމުގެ ހެއްކަކީ މޯލްޑިވްސް ރިފޯމް މޫވުމެންޓުގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ފާރިސް މައުމޫނު ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ސޯލިހު މަޖިލީހުގެ މެންބަރުން ގަތުމަށް އޭނާގެ ބޯޓެއް ވިއްކައިލި މައްސަލަ އޮތީ ކޯޓު މަރުހަލާގައި ތަންފީޒުނުކުރެވިފައި ކަމަށާއި، އެމައްސަލާގެ ހުކުމުގައި ބަޔާންކޮށްފައިވާ 1.278 މިލިއަން އެމެރިކާ ޑޮލަރަކީވެސް ރައީސް ސޯލިހު އޭނާއަށް ދެއްވަންޖެހޭ ފައިސާ ކަމަށެވެ.

މުޞްޠަފާގެ މި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ޢަރީފު ވިދާޅުވީ މުޞްޠަފާ ވިދާޅުވި ކަންކަން ހިނގައިދިޔަ ދުވަހަކީ 26 އޮކްޓޯބަރު 2017 ވަނަ ދުވަސް ކަމަށެވެ. އެއީ ކުރީ ސަރުކާރުން ސަޕްލިމަންޓަރީ ބަޖެޓެއް ފާސްކުރަން އޮތް ދުވަހެއް ކަމަށާއި، އޭރުގެ ސަރުކާރުން އުޅުނީ އެއީ ޓެކްސް ހިމެނޭ ކަމަކަށްވާތީ މަޖިލީހުގެ އަޣުލަބިއްޔަތު އެކަމަށް ބޭނުންވާތީ 43 މެންބަރުން ހަމަނުވެގެން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް 80 މިލިއަން ރުފިޔާ ދީފައިވާނެ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މައުމޫން އަބްދުލްޤައްޔޫމް ނެންގެވި 29 މިލިއަން ރުފިޔާ އާއި، ރައީސް ސޯލިހުގެ އަތްޕުޅަށްދެއްވި 12 މިލިއަން ރުފިޔާ އާއި މީގެ އިތުރުންވެސް ކުރެވުނު ހޭދަތައް 80 މިލިއަނުގެ ތެރޭގައި ކުރެވިގެން ދިޔައީ ރައީސް ނަޝީދު ވިދާޅުވެގެން، އަދިރައީސް ސޯލިހަށްވެސް އެނގިވަޑައިގެން ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ރައީސް ސޯލިހު 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ގެންދެވިކަމަށް މިސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަލީ ވަހީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ސުވާލު ކުރެއްވުމުން އެކަން ދޮގުނުކުރައްވައި ފަހުން އެކަމަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ރައީސްސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ މައްޗަށް މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެއްވެސް ތުހުމަތެއް ދޮގުކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

2 Comments

  1. ދޮގުކުރައްވާފައި ނެތުން އެއީ އެކަން ކުރިކަމައްބެލެވޭނެ ހެއްކެއް ނޫނެވެ. އެހާގިނަ ފައިސާ މީހަކު މީހަކަށް އަނބުރާ ދައްކާ ގޮތަށް ދޭނީ ލިޔެކިއުމުން ހެކިދެއްކޭ ފަދަ ގޮތަކަށް ކަން ބުއްދި ސަލާމަތުނ ތިބި އެންމެންވެސް ޤަބޫލުކުރާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button