ޚަބަރުވިޔަފާރި

ޕިއްޒާކިޗަންގެ ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތް އަލުން ފަށައިފި

މެދުކެނޑުމަކަށް ފަހު ޕިއްޒާކިޗަންގެ ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް އަނެއްކާވެސް ފަށައިފިއެވެ.

ޕިއްޒާ ކިޗަންގެ ހުޅުމާލޭ އައުޓުލެޓް ބަންދުކޮށް ޚިދުމަތް މެދުކަނޑާލާފައިވަނީ ޕިއްޒާކިޗަން ހިންގަމުން އައި ތަން ބަދަލުވުމުގެ ސަބަބުންނެވެ. ނަމަވެސް މިއަދު އަނެއްކާވެސް ޕިއްޒާ ކިޗަންގެ ހާއްސަ ޕިއްޒާތައް ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހުޅުލެއަށް މިިވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ.

މާލެއަށް ޕިއްޒާކިޗަންގެ ޑެލިވަރީގެ ޚިދުމަތް ލިބެމުންދާނީ އަވަސް ފުޑްގެ އެޕްލިކޭޝަން މެދުވެރިކޮށެވެ. ޕިއްޒާކިޗަންގެ ޑެލިވަރީގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 11 އިން މެންދަމު އެކެއް ޖަހަންދެން ދޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕިއްޒާ ކިޗަންއަކީ އެކިކަހަލަ މުނާސަބަތުތަކާއި ހާދިސާތައް މެދުވެރިވާ ޙާލަތްތަކުގައި ހިލޭވެސް ގިނަ ފަރާތްތަކަކަށް ޕިއްޒާ ޑެލިވެރީކޮށްދޭ ތަނެކެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާއި، މުދައްރިސުންގެ ދުވަސް އަދި ކުޑަކުދިންގެ ދުވަސް ފަދަ ދުވަސްތަކުގައި ޕިއްޒާ ކިޗަންގައި ޚާއްސަ އޮފަރތައް ހުޅުވައިލުމާއި ހިލޭ ޕިއްޒާ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ނޫސްވެރިންގެ ބުރަމަސައްކަތް ފާހަގަކޮށް ރާއްޖޭގެ ގިނަ މީޑިއާތަކަށް ހިލޭ ޕިއްޒާފޯރުކޮށްދެއެވެ.

ޕިއްޒާ ކިޗަން އާއްމުންގެ މެދުގައި އެންމެ މަޤްބޫލުވީ ކޮވިޑްގެ ދުވަސްވަރު ދިވެހިން ފަލަސްޠީނާއިއެކު ތިބިކަން ދައްކުވައިދިނުމަށް ބޭއްވި ޙަރަކާތުގެތެރެއިން ފޯރުކޮށްދިން އެހީތެރިކަމާއިއެކުގައެވެ.

ރަހަމީރު ޕިއްޒާގެ އިތުރުން އާއްމުންގެ މެދުގައި ޕިއްޒާ ކިޗަންގެ ގާރލިކް ބްރެޑް ވިތް ރިހާކުރު ވަރަށް ބޮޑަށް ކަމުދިޔަ އެއްޗެއްގެ ގޮތުގައި ފާހަގަވެގެން ދިއައެވެ.

މެދުކެނޑުމަކަށް ފަހު ޕިއްޒާ ކިޗަންގެ ޚިދުމަތް ފެށިފައިވާއިރު ޕިއްޒާކިޗަންގެ ޑައިނިންގެ ޚިދުމަތް ވަރަށް އަވަހަށް ހުޅުމާލޭގައި ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ޕިއްޒާކިޗަންއިން ޕިއްޒާ އަށް އޯޑަރު ކުރުމަށް ގުޅާނީ 3356565 އަދި ވައިބަރ ކުރާނީ 7876565 ނަމްބަރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button