ޚަބަރު

ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އަންހެން ކުއްޖަކު މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އައިމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

އެ ކުއްޖާގެ ދައްތަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:30 ހާއިރު ކަމަށެވެ. އަދި އެވަގުތު ގެއިން ނިކުތްއިރު ލައިގެން ހުރީ ނޫ ކުލައިގެ ޖީންސަކާއި، ކަޅު ކުލައިގެ ޓޮޕްއަކާއި ބުރުގާއެއް ކަމަށެވެ.

އައިމިނަތު ޒާރާ ރިޔާޒް ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު 9463201 ގުޅައި ހިއްސާކުރުމަށް އާއިލާގެ ފަރާތުން އެދެއެވެ.

https://twitter.com/layyyariyaz/status/1546744318295085056?s=20&t=K6ka9R1vcGPy0Tf-BFIoOQ

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ކުޑަ ކުއްޖަކު ގެއްލިގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އައިމިނަތު ޒާރާ ރިޔާޒް ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111ށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button