ޚަބަރު

ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ދީނީ ޝިޢާރުތަކަށް ފުރައްސާރަކޮށްފި

އަޟްހާ ޢީދު ފާހަގަކުރުމަށް ހދ. ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަށި މާލި ޕެރޭޑް މިއަހަރުވެސް ވަނީ ބާއްވާފައެވެ.

މަށިމާލި ޕެރޭޑްގައި ކޮންމެ އަހަރަކުވެސް އެއިރެއްގައި އޮންނަ ސަރުކާރަަށް ހަޖޫ ޖެހުމާއި، އާންމުކޮށް ރާއްޖޭގައި ހިނގާ ކަންކަމާއި ސިޔާސީ މަސްރަހުން ފާހަގަކުރެވޭ ކަންކަމަށް ހަޖޫ ޖަހާ ހަދައެވެ.

އެހެންނަމަވެސް މިފަހަރުގެ ޢީދުގައި ކުޅުދުއްފުށީގެ މަށި މާލި ޕެރޭޑް ވަނީ ހައްދުން ނައްޓާފައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޙަޤީޤަތުގައިވެސް މި އަހަރު ކުޅުދުއްފުށީ މަށިމާލި ޕެރޭޑު ވަނީ ހައްދު ފަހަނަ އަޅާގޮސްފައެވެ.

މި ޕެރޭޑް ހައްދު ފަހަނައަޅާ ދިޔަކަމަށް ބުނެވޭ ސަބަބަކީ އެކި އުމުރުފުރާގެ މީހުން އެއްވެ މަޖާ ކުޅިވަރެއްގެ ގޮތުގައި މާލި ޕެރޭޑް ބަލަން ގޮސް ތިބި އިރު މިފަހަރުގެ ޕެރޭޑުން ފެނިގެން ދިޔަ އަޚްލާޤީ މިންގަނޑުތަކާއި ޚިލާފް މަންޒަރުތަކެވެ.

އެގޮތުން އިސްލާމީ ޝިޢާރުތަކަށް ހަޖޫ ޖަހާ ދީނީ ނަސޭޙަތް ދެއްވާ ފަރާތްތަކަށް ފުރައްސާރަކުރުމާއި، މިނޫނަސް އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އެތައްމަންޒަރު ތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

ކުޅުދުއްފުށީގައި ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދާ މަށިމާލި ޕެރޭޑަށް އެތަށް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައި ވާއިރު މި ޕެރޭޑްގައި ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ސަލަފް ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒަށް ފުރައްސާރަކުރުމަށް ޢަލީ ރަމީޒު ސިފަވާގޮތަށް ޖުއްބާ ލައިގެން ފަގުޑި އަޅައިގެން ހުރި މީހަކު ހަރަކާތްތެރި ވެފައިވެއެވެ.

އަދި އޭނާގެ ގައިގައިލަވަ އަލީޖަހާފައިވާ ޕޯސްޓަރެއް ހަރުކޮށްފައި ވެއެވެ.

މިކަމުގަައި އަސްލު ޖޯކު އެޖެހެނީ ޢަލީ ރަމީޒަށް ނޫން ކަމާއި، އެއީ އިސްލާމްދީނަށާއި ދީނުގެ ޝިޢާރުތަކަށް ޖެހި ޖޯކެއް ކަން މި ޙަރަކާތް އިންތިޒާމް ކުރި ބަޔަކަށް ފަހަރުގައި ނޭނގެނީއެވެ. އަދި އެފަދަ ކަންކަން ކުރުމަކީ މީހާ ދީނުން ބޭރުވާ ކަމެއް ކަންވެސް ނޭނގެނީކަމަށް ވެދާނެއެވެ. ނުވަތަ މަޖާވާން ހަދައިގެން ”އަތަށްގޮވީ“ކަމުގައި ބުނެވިދާނެއެވެ.

ދީނަށް ހަޖޫ ޖެހުމުގެ އިތުރުން އެ ޕެރޭޑްގައި ފިރިހެނުން އަންހެން ހެދުން ލައިގެން, އަންހެނުން ފިރިހެން ހެދުން އަޅައިގެން އުޅޭ ބަޔަކުވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގައި ފިރިހެނަކު އަންހެން ހެދުން އަޅައިގެން.

މިއާއި އެކު ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުން އާންމުވެފައި ވުމާއި ގުޅޭ ގޮތުންވެސް ފުޅަނދު ތައްޔާރުކޮށް ކުޑަކުދިންނާއި ނުގުޅޭ އެތައް މެސެޖްތަކެއް މިޕެރޭޑްގައި ވަނީ ދައްކާފައެވެ.

ގިނަ ބަޔަކު މި ޕެރޭޑާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ބުނީ ޙަޤީޤަތުގައި މި ޕެރޭޑުން މުޖްތަމަަޢުއަށް ދެވުނީ ވަރަށް ނުބައި މެސެޖެއް ކަމަށެވެ.

އެއްޖިއްސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން ކުރި ކަމެއްކަން ނުވަތަ ހަޖޫ ޖެހުމަށް ކުރި ކަމެއްކަން ސާފު ނުވާކަމަށްވެސް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި އާންމުން ވަނީ ބުނެފައެވެ.

8 Comments

  1. ލަވަ އަލީ ޖެހުން ދީނައް ފުރައްސާރަ ކުރުން ކަމަށްވީ ކޮންގޮތަކުންތޯ ހުރިހާކަމެއްގަ ދޫނީ ބޯޅަ ނުކުޅުއްވާ ސާހިބާ

  2. ކުރިންރަގަޅު މިހާރުދެން.ކުރިންވެސް އެއްދީނެތް އެއްގަވާއިދެއް.މިހާރުވެސް ހަމައެދީން އެގާނޫނު .ހަޖަމުގެ މައްސަލަ.

  3. އަސްލު ވަރަށް ވެސް ރަނގަޅު ވާހަކައެއް އެކަމަކު މީގެ ކުރިން ވަރަށް މަޖާ ކުޅުދުއްފުށި ޕެރޭޑު.. މިފަހަރު ކިހިނެއްބާ މިވީ( ލަވަ އަލީ) މިމާލި މީ މައްސަލަ އަކީ އެހެން ވީމާ ދީނީ ހުކުމް ތައް ފެންނާނެ.. ރާބޯން ތިއްބާ ރާ މަނާކުރީމައި ބަލައެއް ނުގަންނާނެ ހަމަބުދި އައީމައި ނަސޭހަތް ގަބޫލު ކޮއްފާނެ.. މިޔަދަކުނޫން ތިޔަ ވާހަކަ ދައްކަންވީ ލަވަ އަލީ މާލި ނިކުތީމަކާނޫން

Leave a Reply to އަހުމަދު Cancel reply

Your email address will not be published. Required fields are marked *

Back to top button