ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ދީނީ ޝިޢާރުތަކަށް ފުރައްސާރަކޮށްފި

އަޟްހާ ޢީދު ފާހަގަކުރުމަށް ހދ. ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަށި މާލި ޕެރޭޑް މިއަހަރުވެސް ވަނީ ބާއްވާފައެވެ.
މަށިމާލި ޕެރޭޑްގައި ކޮންމެ އަހަރަކުވެސް އެއިރެއްގައި އޮންނަ ސަރުކާރަަށް ހަޖޫ ޖެހުމާއި، އާންމުކޮށް ރާއްޖޭގައި ހިނގާ ކަންކަމާއި ސިޔާސީ މަސްރަހުން ފާހަގަކުރެވޭ ކަންކަމަށް ހަޖޫ ޖަހާ ހަދައެވެ.
އެހެންނަމަވެސް މިފަހަރުގެ ޢީދުގައި ކުޅުދުއްފުށީގެ މަށި މާލި ޕެރޭޑް ވަނީ ހައްދުން ނައްޓާފައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޙަޤީޤަތުގައިވެސް މި އަހަރު ކުޅުދުއްފުށީ މަށިމާލި ޕެރޭޑު ވަނީ ހައްދު ފަހަނަ އަޅާގޮސްފައެވެ.
މި ޕެރޭޑް ހައްދު ފަހަނައަޅާ ދިޔަކަމަށް ބުނެވޭ ސަބަބަކީ އެކި އުމުރުފުރާގެ މީހުން އެއްވެ މަޖާ ކުޅިވަރެއްގެ ގޮތުގައި މާލި ޕެރޭޑް ބަލަން ގޮސް ތިބި އިރު މިފަހަރުގެ ޕެރޭޑުން ފެނިގެން ދިޔަ އަޚްލާޤީ މިންގަނޑުތަކާއި ޚިލާފް މަންޒަރުތަކެވެ.
އެގޮތުން އިސްލާމީ ޝިޢާރުތަކަށް ހަޖޫ ޖަހާ ދީނީ ނަސޭޙަތް ދެއްވާ ފަރާތްތަކަށް ފުރައްސާރަކުރުމާއި، މިނޫނަސް އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އެތައްމަންޒަރު ތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
ކުޅުދުއްފުށީގައި ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދާ މަށިމާލި ޕެރޭޑަށް އެތަށް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައި ވާއިރު މި ޕެރޭޑްގައި ދީނީ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ސަލަފް ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒަށް ފުރައްސާރަކުރުމަށް ޢަލީ ރަމީޒު ސިފަވާގޮތަށް ޖުއްބާ ލައިގެން ފަގުޑި އަޅައިގެން ހުރި މީހަކު ހަރަކާތްތެރި ވެފައިވެއެވެ.
އަދި އޭނާގެ ގައިގައި”ލަވަ އަލީ“ ޖަހާފައިވާ ޕޯސްޓަރެއް ހަރުކޮށްފައި ވެއެވެ.
މިކަމުގަައި އަސްލު ޖޯކު އެޖެހެނީ ޢަލީ ރަމީޒަށް ނޫން ކަމާއި، އެއީ އިސްލާމްދީނަށާއި ދީނުގެ ޝިޢާރުތަކަށް ޖެހި ޖޯކެއް ކަން މި ޙަރަކާތް އިންތިޒާމް ކުރި ބަޔަކަށް ފަހަރުގައި ނޭނގެނީއެވެ. އަދި އެފަދަ ކަންކަން ކުރުމަކީ މީހާ ދީނުން ބޭރުވާ ކަމެއް ކަންވެސް ނޭނގެނީކަމަށް ވެދާނެއެވެ. ނުވަތަ މަޖާވާން ހަދައިގެން ”އަތަށްގޮވީ“ކަމުގައި ބުނެވިދާނެއެވެ.
Allah ebaimeehunnah hidhaayaiy dhakkavaashi.
— Ali Rameez (@aliramyz) July 11, 2022
ދީނަށް ހަޖޫ ޖެހުމުގެ އިތުރުން އެ ޕެރޭޑްގައި ފިރިހެނުން އަންހެން ހެދުން ލައިގެން, އަންހެނުން ފިރިހެން ހެދުން އަޅައިގެން އުޅޭ ބަޔަކުވެސް ވަނީ ހަރަކާތްތެރި ވެފައެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގައި ފިރިހެނަކު އަންހެން ހެދުން އަޅައިގެން.
މިއާއި އެކު ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުން އާންމުވެފައި ވުމާއި ގުޅޭ ގޮތުންވެސް ފުޅަނދު ތައްޔާރުކޮށް ކުޑަކުދިންނާއި ނުގުޅޭ އެތައް މެސެޖްތަކެއް މިޕެރޭޑްގައި ވަނީ ދައްކާފައެވެ.
ގިނަ ބަޔަކު މި ޕެރޭޑާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ބުނީ ޙަޤީޤަތުގައި މި ޕެރޭޑުން މުޖްތަމަަޢުއަށް ދެވުނީ ވަރަށް ނުބައި މެސެޖެއް ކަމަށެވެ.
Meethi maana naganvee kihineh kamaa medhu shakku vey eba ekam. Rashu meehunnah #QawmLut kulhivaru kamudhiyaee baa ey noonee MDP ah jahaa joke eh baa ey
— Ahmad (@Ahammadhaa) July 11, 2022
އެއްޖިއްސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން ކުރި ކަމެއްކަން ނުވަތަ ހަޖޫ ޖެހުމަށް ކުރި ކަމެއްކަން ސާފު ނުވާކަމަށްވެސް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި އާންމުން ވަނީ ބުނެފައެވެ.
ލަވަ އަލީ ޖެހުން ދީނައް ފުރައްސާރަ ކުރުން ކަމަށްވީ ކޮންގޮތަކުންތޯ ހުރިހާކަމެއްގަ ދޫނީ ބޯޅަ ނުކުޅުއްވާ ސާހިބާ
Ali Rameezah rasoolukan libifaivaatheetha eynayaai behumun dheenah furahsaara kurikamah thi hadhanee. Mi liyunu
meehaage ageedhaa eba jeheynu rangalhukuran
ލަވަ ޢަލީ ނުވަތަ ޢަލީރަ މީޒަކީ ދީނީ ޝިޢާރެއްތޯ؟😷
ރަގަޅަށް ކަން ހިގިގޮއް އޮޅުން ފިލުވަބަލަ ޔޯގާ ހަރަކާއް ހުއްޓުވާށޭ ލަވައަލީ ނިކުތީ
Mi ethi v salhi.thi ulhenee laadheen vegan. Three feykuraa bullish fumun.sarukaaruge the reyga hasan fareedhuge dhuvasthah aakutamun dhaathee ekamah faadukiun e ee massala aka veefhoa?
ކުރިންރަގަޅު މިހާރުދެން.ކުރިންވެސް އެއްދީނެތް އެއްގަވާއިދެއް.މިހާރުވެސް ހަމައެދީން އެގާނޫނު .ހަޖަމުގެ މައްސަލަ.
Salafu e ee yaameen group noon tho
އަސްލު ވަރަށް ވެސް ރަނގަޅު ވާހަކައެއް އެކަމަކު މީގެ ކުރިން ވަރަށް މަޖާ ކުޅުދުއްފުށި ޕެރޭޑު.. މިފަހަރު ކިހިނެއްބާ މިވީ( ލަވަ އަލީ) މިމާލި މީ މައްސަލަ އަކީ އެހެން ވީމާ ދީނީ ހުކުމް ތައް ފެންނާނެ.. ރާބޯން ތިއްބާ ރާ މަނާކުރީމައި ބަލައެއް ނުގަންނާނެ ހަމަބުދި އައީމައި ނަސޭހަތް ގަބޫލު ކޮއްފާނެ.. މިޔަދަކުނޫން ތިޔަ ވާހަކަ ދައްކަންވީ ލަވަ އަލީ މާލި ނިކުތީމަކާނޫން