ޚަބަރު

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ދައުވަތުދީގެން ސުޓޭޖުތަކުގައި ނަށުވާ ހެދުމަކީ ލަދުގަންނަން ޖެހޭކަމެއް: އަލީ ރަމީޒު 

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ދައުވަތުދީގެން ސުޓޭޖުތަކުގައި ނަށުވާ ހެދުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމުގައި ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ގާނޫނުލް އުގޫބާތުގައި ވަރަށް ސާފުކޮށް 16 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބަޔާންކޮށްފައިވާއިރު، އެމުޑުދާރު ނަޖިސް އަމަލު ހިންގުމަށް ފަހު ވަކިބަޔަކު މިނިވަންކަމާއެކު އުޅެމުން ދާކަމަށާއި، އެއްބަޔަކު ސޯޝަލް މީޑިއާގައި ކުރިއެކޭ އެއްގޮތަށް އުޅެމުން އަންނަ ކަމުގައެވެ. އަނެއްބަޔަކު އީދު ފާހަގަކުރުމުގެ ނަމުގައި ރަށްރަށަށް ގޮސް ނަށާ ޝޯތައް ދޭކަމުގައެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ނެޝުންތެރިޔާ މަރިޔަމް ޝިފާ މިފަހަރު އީދުގައި އެންމެ ފުރަތަމަ ގޮސްފައިވަނީ ދިއްފުށްޓަށެވެ. އެރަށަށް ޝިފާ ދިއުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް ޝިފާ ހުށަހަޅައިދިން ނެޝުން ނުބަލައި އެތަނުން ގޮސްފައެވެ.

އެއްޖިންސުން ގުޅުން ހިންގާ އެތަކެއް ބައެއްގެ މަންޒަރުތަށް ފެންނަ ވީޑިއޯތަކެއް ދާދި ފަހުން ވަނީ ލީކުވެފައެވެ.

ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން ފުލުހުން މިފަހުން ވިދާޅުވީ އެފަދަ މައްސަލަތަކެއް ބަލަމުންދާ ކަމުގައެވެ. އެކަމަކު މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button