ޚަބަރުސިޔާސީ

ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މޫސާ އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލައްވަނީ

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

މެންބަރު އަހުމަދު ކުރިންވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަގޮތުން ވާދަކުރައްވަަިގެންނެވެ. އެ ފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީއެވެ.

އަހުމަދު މޫސާވަނީ 18 ވަނަ ރައްޔިތުންގެ މަޖިީހަށާއި 19ވަނަ ރައްޔިތުންގެ މަޖިލީހަށް އެދާއިރާއިން ވާދަކުރައްވާ ނާކާމިޔާބު ވެފައެވެ. އޭނާ އަކީ ކުރީގެ ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހިމްގެ އަރިސް ބޭފުޅެކެވެ. މިކަމާގުޅިގެން އަހުމަދު މޫސާގެ ބަހެއް ލިބޭތޯކުރި މަސައްކަތް އޭނާ ފޯނުނުނަންގަވާތީ ކާމިޔާބުވާގޮތް ވަނީ ނުވެފައެވެވެ.

މިފަހަރުގެ ރާއްޔިތުންގެ މަޖިލީހަށް އަހުމަދު ވާދަކުރައްވަނީ އެ ދާއިރާގެ ބައެއް އާންމު ރައްޔިތުންގެ ތާއީދާއެކުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button