ލަންކާގެ ހާލަތު ރަނގަޅު ކުރަން ބޭނުންވަނީ ތަޖުރިބާ ހުރި ގާބިލު ވެރިއެއް: ރައީސް ނަޝީދު
އަވައްޓެރި ސްރީލަންކާ މިހާރު އޮތް ހަލަބޮލި ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ ހާލަތު މިވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައިކަމަށާއި ލަންކާއަށް މިވަގުތު އެންމެ މުހިންމީ ހަރުދަނާ، ތަޖުރިބާ ހުރި ގާބިލު ވެރިއެއް ކަމަށެވެ. އަދި ކުރިއަށް ދިޔުމުގައި ލަންކާގެ ރައްޔިތުން ވިސްނުންތެރިކަން އިސްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓް ވިދާޅުވިއެވެ.
These are tumultuous times for Sri Lanka. Sri Lanka needs a steady and experienced hand to steer her out of this political and economic crisis. I am confident that the people of SL will find the sensible way forward.
— Mohamed Nasheed (@MohamedNasheed) July 10, 2022
ލަންކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެގައުމު އިގުތިސާދީ ގޮތުން އިނދަޖެހި، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވުމުންނެވެ. ސްރީލަންކާގެ ރައްޔިތުންގެ އެތައް ހާސްބަޔަކު އިއްޔެއިން ސުރެ ދަނީ ވަރަށް ވަރުގަދައަށް މުޒާހަރާ ކުރަމުންނެވެ. ހާލަތު ގޯހުން ގޯހަށް ގޮސް އެ ގައުމުގެ ރައްޔިތުންގެ މުޒާހަރާތަށް ހޫނުވެ. ރިޔާސީ ގަނޑުވަރާއި ރައީސްގެ އޮފީސްކޮޅު އަދި ސަރުކާރުގެ އޮފީސްތައް ރައްޔިތުން ވަނީ ހިސާރު ކޮށްފައެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށްވެއެވެ. އަދި މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ވަނީީ ރައީސް ނަޝީދު ހަމަޖައްސާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް އެހީއެއް ލިބިފައިވާ ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
Maumoon aai Nasheedhu dhemeehun kureege ekaku hama Jassan veenu