ޚަބަރު

ރައްޒާންގެ މައްޗަށް އެއްވެސް ހެއްކެއް ނެތް: ލޯޔަރު އާސިފް

މިދިޔަ މަހުގެ މިދިޔަ މަހުގެ 21 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތް މިނިސްޓްރީއިން ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހިންގި ހަމަނުޖެހުން ރޭވުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އިބްރާހިމް ރައްޒާން (ޓަކީ) ގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ކަމަށް އެބޭފުޅާގެ ލޯޔަރު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ޔޯގާ ހަރާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ވަކީލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ ރައްޒާންގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި، މި މައްސަލައިގައި ފުލުހުންގެ ހަގީގީ ބޭނުމަކީ އިދިކޮޅު ޕާޓީގެ ހަރަކާތްތައް ހުއްޓުވާލުން ކަމަށެވެ. އަދި މި މައްސަލައިގައި ރައްޒާނާއިމެދު އަމަލުކުރަމުން ދަނީ ވަރަށް އިހާނެތިކޮށް ކަމަށާއި، އެބޭފުޅާ ލައްވައި ފުލުހުން ބޭނުންވާ ކަންކަން ކުރުވުމަށް މަސައްކަތް ކުރަމުންދާކަމަަށް އާސިފް ވިދާޅުވިއެވެ.

އާސިފް އިތުރަށް ވިދާޅުވީ މި މައްސަލަ ވަނީ އިންތިހާއަށް ސިޔާސީ ވެފައި ކަމަށާއި، ސަރުކާރުންވެސް އަސި އިންޑިއާއިންވެސް މި މައްސަލައިގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަވެސް ފުލުހުން އެކަން ސިޔާސީ ކޮށްގެން ފެށިކަން ދޭހަވަނީ، މައްސަލައިގެ ތަހުގީގު ރަނގަޅަށް ފެށުމުގެ ކުރިން ޔޯގާ އިވެންޓު ހަމަނުޖެހުމުގެ ފަހަތުގައި ތިބީ އިދިކޮޅު ކޯލިޝަނުން ކަމަށް ދޭހަވާގޮތަށް ނޫސްބަޔާނެއް ނެރުމުންކަމަށް އާސިފް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޖީނާއީ ތަހުގީގެއް ނުކޮށް ޔޯގާ އިވެންޓުގެ ހަމަނުޖެހުމުގެ ފަހަތުުގައި ތިބީ ވަކި ބައެކޭ ބުނެގެންވެސް ނުވާނެ ކަމަށާއި އެއީ ވަރަށް ”އަންޕްރޮފެޝަނަލް“ ކަމެއް ކަމަށް އާސިފް ވިދާޅުވިއެވެ.

މި މައްސަލައިގައި ޕީޕީއެމްގެ ސެނެޓަރު ރައްޒާންގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ. އަދި އެމުއްދަތަށްފަހު ޝަރުތުކޮށް ވަނީ ދޫކޮށްލާފައެވެ. ރައްޒާންގެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ތާވަލް ކުރެވުނީ މިމަހުގެވ7 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް އެބޭފުޅާގެ ބަލިހާލު ހުރިގޮތުން އަޑުއެހުން ވަނީ ފަހުގެ ތާރީހަކަށް ލަސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button