ޚަބަރު

އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް މަރުޙަބާ ކިޔުމަކީ ލަދުވެތި ކަމެއް: ޝެއިޚް ޒައިދު

އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް މަރުޙަބާ ކިޔުމަކީ ލަދުވެތި ކަމެއް ކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޢަލީ ޒައިދު މިފަދައިން ވިދާޅުވެފައި މިވަނީ ޓިކްޓޮކް ތަރިއެއްކަމަށް ބަޔަކު ޤަބޫލުކުރާ ޝިފާ ކިޔާ އަންހެނަކާއި، އިތުރު އަންހެނުންތަކެއް އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެން އެތަށްބަޔަކު ނުރުހުންފާޅުކުރަމުން ދަނިކޮށް އަޟްޙާ ޢީދު ފާހަގަކުރުމަށް ކ.ދިއްފުށީގައި ކުރިއަށްދާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އޭނާ އެރަށަށް ދިޔަ މައްސަލަ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޒައިދު ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް މަރުޙަބާ ކިޔުމަކީ ލަދުވެތި ކަމެއް ކަމަށާއި،މިކަހަލަ ވިޔާނުދާ ކަންކަން ކުރުމުގެ ކުރިން ރަށްރަށުގެ ބޭފުޅުން މިކަމާއިމެދު ވިސްނާލަން ޖެހޭނެކަމަށެވެ.

މިއާއި އެކު ޒައިދު ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.

ޢީދު ޝޯގައި ބައިވެރިވުމަށް ޝިފާ ދިއްފުށްޓަށް ދިއުމުން ބަޔަކު މަރުޙަބާ ކީނަމަވެސް ގިނަ ބަޔަކު ވަނީ އެކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ދިއްފުށީގައި ބޭއްވި ނެށުމެއްގައި ޝިފާ ބައިވެރިވަނީ. ފޮޓޯ: ބިދަބިން

ދައުރުވަމުންދާ ވީޑިއޯ ތަކާއި ގުޅިގެން ޝިފާ ވަނީ މިއީ ބަޔަކު އޭނާގެ ސިޔާސީ ފިކުރު ބަދަލުވުމުން އޭނާގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

އަދި އޭނާ އަކީ އެފަދަ ކަންކަން ކުރާ މީހެއް ނޫން ކަމަށާއި، ދައުރުވަމުންދަނީ ޑީޕް އެޑިޓެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އޭގެ ފަހުންވެސް ޝިފާގެ މިފަދަ އެތައް ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލާފައެވެ.

ޝިފާ އާއި އިތުރު އަންހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކާއި ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާކަމަށާއި،އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ

އެހެން ނަމަވެސް މިހާތަނަށް މި މައްސަލަ އާއި ގުޅިގެން ފުލުހުން އެއްވެސް ތަޙުޤީގެއް ހިންގިކަމެއް އިނގިފައެއް ނުވެއެވެ.

މީގެ އިތުރުންވެސް އެއްޖިއްސުން ގުޅުން ހިންގުން ރާއްޖޭގައި އާންމުވެގެން ދާދިއުމާއި ގުޅިގެން އެއްވެސް މީހަކާއި މެދު ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button