ޚަބަރު

އޯއައިސީ އާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ މެދުގައި ސުލްހަ ޤާއިމުކުރަން މަސައްކަތް ކުރާނަން: ޑރ.މުއިއްޒު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޯއައިސީގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި ވަނީ ރައީސް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ޔޫސުފް އަލް ދޮބެއި ވަނީ އޯއައިސީގެ އެހެން މެމްބަރުންގެ ފަރާތުން ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ހުވާކުރެއްވުމުގެ ރަސްމީ ހަފުލާ ޝަރަފުވެރިކޮށް ދެއްވައި، ހަފުލާއަށް ވަޑައިގެންނެވުމުން ޑރ. މުއިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި، ދޮބެއި ވަނީ، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި އެ ޖަމިއްޔާއިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމަށާއި ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ސަމާލުކަންދީގެން، އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އޯއައިސީ އިން ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button