ޚަބަރުސިޔާސީ

ޖަމީލް ރައީސް ސޯލިހަށް: މިއީ އިހުސާންތެރިކަން އިސްކުރަންވީ ވަގުތު

މިއީ ދީލަތިކަމާއި އިޙްސާންތެެރިކަން އިސްކުރަންވީ ވަގުތު ކަމަށް ކުރީގެ ނައިބް ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ލީގަލް ޓީމުގެ އެންމެ އިސް ވަކީލުކަންވެސް ކުރައްވަމުން ގެންދަވާ ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޙްސާންތެެރިކަން އިސްކުރަައްވައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ހައްޔަރުކޮށްގެން އުޅުއްވާ ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ދޫކޮށްލަން ޖެހޭ ކަމުގައެވެ.

ޑރ.ޖަމީލް ވަނީ ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ އާއިލާތަކަށްވެސް އީދުގެ އުފާ ފާޅުކުރުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ފޮނުއްވަވާފައެވެ.

ޖަމީލް މިފަދައިން ޓްވީޓު ކުރައްވާފައިމިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 20 ހައްޔަރީން ބަންދުގައި ވަނިކޮށެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ހުރިހާ ފަރާތްތަކެއް ހެން ދިގު ބަންދުގެ މުއްދަތެއް ޖަހާފައިވާއިރު، ފުލުހުން މިހާރު ދަނީ ބައެއް ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި މައްސަލައިގައި ހައްޔަރުކުރެވުނު ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު އިސްމާއިލްގެ ބަންދަށްވެސް 30 ދުވަސް އިތުރުކޮށްފައެވެ.

One Comment

Leave a Reply to ކޮރަކަލި Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button