ރާއްޖޭގެ އިންފްލޭޝަން މައްޗަށް ގޮސް، ތެލުގެ އިތުރުންވެސް ރާއްޖޭގެ ބާޒާރުގައި އެކި ބާވަތްތަކުގެކާބޯތަކެތީގެ އަގުތައްވެސް އުފުލި ދަތުރު ފަތުރުގެ އަގުތައް އުފުލެން ފަށާފައިވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ފަޟުލް ރަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތެލުގެ ކަޅުބާޒާރާއި ޑޮލަރުގެ ކަޅުބާޒާރު އުފެދިފައިވާކަމަށްވެސް ފަޟުލްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފަޟުލް ވިދާޅުވީ ދަތުރުފަތުރުގެ އަގު އިންތިހާއަށް އަރަމުން އަންނަ ކަމަށެވެ. އަދި މީގެކުރިން 300 ރުފިޔާ އަށް ދެވޭ ރަށްރަށަށް މިހާރު ދެވެނީ 450 ރުފިޔާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއާއިއެކު އޭނާ ވިދާޅުވީ ރާއްޖޭގައި 6ރުފިޔާއަށް ކާޑުކޮޅު ގަންނަން ލިބެންހުރުމަކީވެސް ނަސީބެއް ކަމަށާއި، ސަރުކާރުގެ ނޫ އިޤްތިޞާދުގައި ތިބެ ހަނާވަނީކަމުގައެވެ.
Dhathuru fathuruge agu heskiyaafa ariyas ok nu. Kurin 300 ruifiyaa ah dhevey rah rashah miadhu mi dhevenee 450 rufiyaa ah viyya. Naseebeh kaadu kolhu 6 rufiyaa ah gannan libeykan, kihaa ufaaveri noo igthisaadheh mee, mithibi hanaa vane viyya…
— Mp Fazul Rashyd (@FaZuLRaShYd) July 6, 2022
މިދިޔަ މަހުގެ 24 އިން ފެށިގެން އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް ލިބޭ އަގު 16.55 ރުފިޔާއަށްބޮޑުކޮށްފައި ވާއިރު، އަގަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއް މިހާރު ލިބެނީ 16.77 ރުފިޔާއަށެވެ.
މުދަލާ ޚިދުމަތުގެ އަގުން ނަގާ ޓެކްސް ސަރުކާރުން ބޮޑު ކުރަން ނިންމުމާއި ގުޅިގެން އިޤްތިޞާދީ މާހިރުންގެ އިތުރުން އާންމު ރައްޔިތުންވެސް ދަނީކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ގިނަ ބަޔަކު ބުނަމުންދަނީ ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން އިޤްތިޞާދަށް ކުރާނެފައިދާއެއް ނެތްކަމުގައެވެ.