ޚަބަރު

ކަނޑުހުޅުދޫގައި 02 އަހަރުގެ ކުއްޖާއާ ބެހުނު މީހުން 25 އަހަރަށް ޖަލަށް

ގއ. ކަނޑުހުޅުދޫގައި 02 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެކުއްޖާގެ ކާފަ އަކީ އިބްރާހިމް ދީދީ (62އ) ނަމަކަށް ކިޔާ މީހެކެވެ. އަދި މުނިކާފަ އަކީ ހަސަން މޫސާ ދީދީ (82އ) އެވެ.

މި ދެމީހުން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އާންމުންނަށް ހުޅުވައިނުލާ ސިއްރުން ކުރިއަށްގެންދިޔަ ޝަރީއަތެއްގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެކުއްޖާގެ މުނިކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރިކޯޑު އޮތް މީހެކެވެ. އަދި ކުއްޖާގެ މުނިކާފަ އެ ރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީގެކުރިން ވަނީ އާންމުވެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 25 އަހަރުގެ ޖަލު ހުކުމަކީ ދެވޭ އެންމެ ބޮޑު އަދަބެވެ. ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަރީއަތްތައް އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

 

One Comment

  1. الله ގެކުޅަދުންވަނތަ ކަމާއެވެ. ޖަނަވާރުންނަށް ވުރެ ދަށުދަރަޖައަށް އިންސާނާ ދާތަން ފެންނާނެ ކަމަށް ހުވެފެނުން ވެސް
    ފެނިފަނުވާހާ ބިރުވެރި ފާޙިޝް ޢަމަލުތަކަށް އަރައި ގަންނައިރު ޖެހިލުމެއް ބިރެއް އަދި ލަދެއް ހަމްދަރުދީއެއް ނެތީ ކީއްވެބާވައެވެ.؟؟؟؟
    ޖަނަވާރުން ނަށް ވެސް އޭތީގެ ދަރިން ވަކިކުރަން އެގެއެވެ.

Leave a Reply to ރަހުމަތު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button