ޚަބަރު

ޝެފް މަހާ އަށް މާސްޓަރ ޝެފްގެ ލަގަބު ލިބިއްޖެ 

މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން މާސްޓަރ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކަށް އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރ ޝެފް މަހާ ނަސީރު ވެއްޖެއެވެ.

މަހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރޭ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާ އަދި ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. މަހާ ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފަ އެވެ.

50 އަހަރަށްވުރެ ވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓަރ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓަރ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީ އެވެ. މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ.

ވޯލްޑް މާސްޓަރ ޝެފްސް ސޮސައިޓީ އަކީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ޚާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފްންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button