ޚަބަރުސިޔާސީ

އިންސާފަށް އެދި ރައްޔިތުން ކުރާ އާދޭސް ވަނީ ގިނަ!

ވަޒީފާ އިން ވަކިކުރި މައްސަލައެއް ބަލަން ގިނަ އަހަރުތަކެއް ނެގުމަކީ އިންސާފެއްނޫން ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރެބިއުނަލް އަދި ކޯޓުތަކަށް މައްސަލަ ހުށަހަޅަނީ އިންސާފު ލިބުމަށް އެދި ކަމަށާއި, ވަޒީފާއިން ވަކިކުރި މައްސަލައެއް ބަލަން އެއް އަހަރާއި ތިން އަހަރު ދުވަހުގެ މުއްދަތެއް ނެގުމަކީ އިންސާފެއްނޫން ކަމަށެވެ. އަދި އިންސާފަށް އެދި ރައްޔިތުން ކުރާ އާދޭސް ނުހަނު ގިނަ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

”ދެއްކޭނެ އިތުރު އުޒުރެއް އޮންނަން ޖެހޭނެ ކަމަށް ނުދެން.“ ނިހާދު ވިދާޅުވިއެވެ.

 

ނިހާދު މި ޓްވީޓު އަމާޒު ކުރެއްވީ ސީދާ ކޮން މައްސަލައަކަށް ކަމެއް ނޭނގެއެވެ. ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީއެއް އުފައްދައިފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް އެ ކޮމިޓީގެ އަޑު އެހާ ގަދައެއް ނޫނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button