ޚަބަރުސިޔާސީ

މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު އެއް ދުވަސް ޖަހައިފި

ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްލާއިލްގެ ބަންދަށް 01 ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މުހައްމަދު ހައްޔަރުކުރެވުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތް މިނިސްޓްރީއިން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހިންގި ހަމަނުޖެހުން ރާވާ އިންތިޒާމްކުރުމުގެ ތުހުމަތުގައެވެ.

މިކަމާ ގުޅިގެން އެބޭފުޅާގެ ގާނޫނީ ވަކީލު އަހުމަދު ޝާހު ވިދާޅުވީ މުހައްމަދުގެ ބަންދު އިތުރުކޮށްދިނުމަށް ފުލުހުން އެދުނީ އޭނާއަކީ މުޖުތަމައުގެ ހަމަޖެހުން ނަގާލައި، ބައިބައިވުން އުފައްދައި، މުޖުތަމައަށް ނުރައްކާތެރި މީހެއްކަމަށް ބުނެ ކަމަށެވެ. މީގެ އިތުރުން ޝާހު ވިދާޅުވީ ދެން އިތުރަށް މުހައްމަދު ބަންދަގައި ބެހެއްޓޭނެ އެއްވެސް ގާނޫނީ ހަމައެއް އޮތްކަމަށް ގަަބޫލު ނުކުރައްވާ ކަމަށެވެ.

މުހައްމަދު ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ ބަންދަށް ޖަހާފައިވަނީ 05 ދުވަހެވެ. އެއަށްފަހު އިތުރު 09 ދުވަސް އިތުރުކޮށްފައިވާއިރު، މިއަދުގެ އަޑުއެހުމަށްފަހު، މާދަމާވެސް އިތުރަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button