ޚަބަރުވިޔަފާރި

އަންހެނުންނަށް ހާއްސަ މިސްޓިކް ސްޓައިލިންގެ ހާއްސަ ޕްރޮމޯޝަންތަކެއް!

ހަމައެކަނި އަންހެން ބޭފުޅުންނަށް ހާއްސަ މިސްޓިކް ސްޓައިލިން ސެލޫން އިން ނޮވެމްބަރު މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި 500 ރުފިޔާއިން ފެށިގެން 2500 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި އިސްތަށިގަނޑަށް ހާއްސަ ތަފާތު 3 ޕެކޭޖެއް ހިމަނާފައިވެއެވެ. މީގެ އިތުރުން ތަފާތު އެކި ހަފްލާތަކަށް ހާއްސަކޮށް ހެއާ، މޭކަޕް އަދި ހިޖާބް ސްޓައިލިންގެ ޕެކޭޖުތަކެއްވެސް މި ޕްރޮމޯޝަންގައި ހިމެނެއެވެ. މި ޕެކޭޖުތަކުގެ އަގުތަށް އުޅެނީ 700 ރުފިޔާ އާއި 1000 ރުފިޔާ އާއި ދެމެދުގައެވެ.

އަންހެން ބޭފުޅުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މި ސެލޫނުން ތަފާތު އެކިއެކި ޕެކޭޖުތައް ހެޔޮ އަގުގައި ތައާރަފްކޮށްފައިވެއެވެ. މިދިޔަ އޮކްޓޯބަރު މަހު ތައާރަފްކުރި ޕްރީ-ބްރައިޑަލް ޕެކޭޖާއި 500 ރުފިޔާގެ ވެކްސިން ޕެކޭޖަކީ ކަސްޓަމަރުންގެ ތަރުހީބު އެންމެ ބޮޑަށް ލިބޭ ދެ ޕެކޭޖުކަން މިސްޓިކް ސްޓައިލިން އިން ބުންޏެވެ.

މި ސެލޫނުން ދޭ ހިދުމަތްތަކުގެ ތެރޭގައި ތަފާތު އެކި ސްޓައިލްތަކަށް ބޯ ކޮށުމާއި، ހެއާ ރީބޮންޑިން ހެދުމާއި، ކެރަޓިން ޓްރީޓްމެންޓް ދިނުމާއި، ހެއާ ވެކްސިން އަދި ތްރެޑިން ހެދުމުގެ އިތުރުން މޭކަޕް ކުރުމާއި އަދި ފޭޝަލް ހެދުން ހިމެނެއެވެ.

މިސްޓިކް ސްޓައިލިން ސެލޫންގެ އެންމެ ބޮޑު މަގުސަދަކީ އެކަށީގެންވާ ހެޔޮ އަގެއްގައި ރަނގަޅު ފެންވަރުގެ ހިދުމަތް ކަނބަލުނަށް ފޯރުކޮށްދިނުމެވެ.

މި ސެލޫން ހުންނާނީ ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި އޮންނަ ފަރީދީ ގޯޅީގައެވެ. އަދި 7666130 އަށް ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ބުކިންތަކާއި އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button