ޚަބަރުސިޔާސީ

ހާރިޖީ ވަޒީރުގެ ހަނގު އަނބީގެ މައްޗަށް ފޭކު އެވޯޑެއް ހޯދި ކަމުގެ ތުހުމަތު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ހަނގު އަނބިކަނބަލުން އަދި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ހަސަންގެ މައްޗަށް ފޭކު އެވޯޑެއް ހޯދި ކަމުގެ ތުހުމަތު ކޮށްފިއެވެ.

މި ތުހުމަތަކީ އިންޑިއާގެ ކުންފުންޏަކުން ހިންގާ ”އޭޝިއާ އެވޯޑްސް“ ހޯދި ތުހުމަތާއި، ފޭކް ޕީއެޗްޑީ ހޯދި ތުހުމަތެވެ.

އިންޑިއާގެ ކުންފުންޏަކުން ހިންގާ ”އޭޝިއާ އެވޯޑްސް“ ބޭނުން ނަމަ ފޯމެއް ފުރާލާ، އެ މީހަކާ ބެހޭ މައުލޫމާތާއި ފޮޓޯ ހުށަހެޅުމުން މި އެވޯޑް ލިބެއެވެ. އަދި ފޯމު ހުށަހެޅުމުން، އެވޯޑް ލިބެނީ 340 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ.

މި ތުހުމަތުގެ ސަބަބުން މިނިސްޓަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ސްޓޭޓް އޮފިޝަލުންނަކީ ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއަކަށް ވާން ޖެހޭ ބައެއް ކަމަށާއި، އެފަދަ ބޭފުޅުން މިފަދަ ކަންކަން ކުރުމަކީ ލަދުވެތި ކަމެއްކަމަށް އާންމުން ދެކެއެވެ. 

އެނގިފައިވާގޮތުގައި ޒިފްލީން ހަސަންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަންގެ މައްޗަށްވެސް ފޭކު ޕީއެޗްޑީއެއް ހޯއްދެވި ކަމަށް ތުހުމަތު ކުރެވެއެވެ.

ވަރަށްގިނަ ދިވެހިން، މީގެ ކުރީގެ އަހަރުތަކުގައި މި އެވޯޑް ގަނެފައިވެއެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button