ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއަކީ ޙަޔާތުގައި އެންމެ ތެދެއްވެސް ހެދި މީހެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުހެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައީސް ސޯލިހުއަށް ވަފާތެރި ބައެއް މަޖްލިސް މެންބަރުން ވިދާޅުވަމުން ދާދިއުމަށް ފާޑުކިޔާ ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާ މުސްޠަފާ ވަނީ ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހުއަކީ ދޮގުވެރިއެއްކަމަށާއި، ރައީސް ވިދާޅުވި ބްރިޖާއި، ގޯތިގެދޮރުވެސް ނުދެއްވޭނެކަމަށެވެ. އަދި ސޯލިހުއަކީ ޙަޔާތުގައި އެންމެ ތެދެއްވެސް ހެދި މީހެއް ނޫންކަމަށް މުސްޠަފާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ދަރަނި އިތުރުވެ ޤައުމު އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން ދާދިއުމާއި ގުޅިގެން މުސްޠަފާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރާއްޖެ އޮތީ ލަންކާ ލިސްޓްގެ ދެވަނައިގައި ކަމަށާއި، ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް މުސްޠަފާ ވިދާޅުވިއެވެ. މިއާއި އެކު އޭނާ ވިދާޅުވީ މި ސަރުކާރަކީ ވަގުންގެ ސަރުކާރެއް ކަމަށެވެ.