އިތުރުފުޅު ހެއްދެވުން ހައްދުން ނައްޓާފައި ހުންނެވި ކަމަށް ވިދާޅުވެ މާލެ ސިޓީގެ ކޮންސަލްޓެންޓު އަހުމަދު މަމްދޫހު (މަންޑޭ) ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އަށް ރައްދު ދެއްވައިފިއެވެ.
އަމީނީ މަގު ހެދުމަށް ސިޓީ ކައުންސިލާއި އާރުޑީސީ އާއި ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައި ނޯންނާނެ ކަމަށް މޫކޭ ވިދާޅުވުމާގުޅިގެން މަންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޫކޭގެ އިތުރުފުޅު ހެއްދެވުން ހައްދުން ނައްޓާފައި ވާކަމުގައެވެ.
”ތިމާއަށް ސޮއި ކުރެވެނީ ކޯއްޗެއްގައި ކަންވެސް ނޭނގޭ ވަރަށް މަނިކުފާނުގެ ހާލަތު ގޯސްވެފައި ތިޔަ ހުރީ. ތިޔަ އެގްރީމެންޓް ގައި ސޮއި ކުރި ދުވަހު ދެއްކިވާހަކަ ވެސް ހަދާން ނެތުނީތޯ؟“ މަންޑޭ ވިދާޅުވިއެވެ.
އަމީނީ މަގު ހިމެނޭގޮތަށް ޖުމްލަ 16 މަގެއް ހެދުމަށް އާރުޑީސީ އާއި ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުން ހެދިކަމަށް ”ސަން“ އޮންލައިންގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ހަބަރެއް މަންޑޭގެ ޓުވީޓުގައި ވަނީ ހިއްސާކޮށްފައެވެ. އެކަމަކު މޫކޭ އެކަން ދޮގު ކުރައްވައެވެ. މޫކޭ ވިދާޅުވިގޮތުގައި އެފަދަ އެއްވެސް އެއްބަސްވުމެއް ހާމަކުރުމަށް ސިޓީ ކައުންސިލަށް ނުކެރޭނެއެވެ.
@VMookey ދޮގު ހެދުން ތިޔަހުރީ ހައްދުން ނައްޓާފައި. ތިމާ އަށް ސޮއި ކުރެވެނީ ކޯއްޗެއްގައި ކަންވެސް ނޭންގޭ ވަރަށް މަނިކުފާނު ގެ ހާލަތު ގޯސްވެފައި ތިޔަ ހުރީ. ތިޔަ އެގްރީމެންޓް ގައި ސޮއި ކުރި ދުވަހު ދެއްކިވާހަކަ ވެސް ހަދާން ނެތުނީތޯ؟ https://t.co/AxPTGLsn4p pic.twitter.com/7UfHNPj1mY
— Ahmed Mamdhooh (@Mandey77) July 4, 2022
މިކަމާގުޅުން ހުރި އިތުރު ޓުވީޓުތަކެއްވެސް މަންޑޭ ވަނީ ކުރައްވާފައެވެ. އެގޮތުން ”ބޮންތި“ ނޫހުގައި ޝާއިއުކޮށްފައިވާ، މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ހަބަރެއް ހިއްސާ ކުރައްވައި މަންޑޭ ވަނީ އަމީނީމަގުގެ ތާރުއެޅުމުގެ އަގު ދެގުނަ ބޮޑުކޮށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީ އާއި ހަވާލުކުރީ އެކުންފުނީގެ ދަރަނި އަރަނީގެ ގޮތުގައި ދެއްކުމަށްތޯ ސުވާލު ކުރައްވާފައެވެ. އަދި އެ މަސައްކަތް ލަސްވުމުގެ އެންމެ ބޮޑު ޒިންމާ އެއް ނަގަންޖެހޭނެ ފަރާތަކީ މިނިސްޓްރީ ކަމުގައި އޭނާ ވިދާޅުވިއެވެ.
މަންޑޭ ފާހަގަކުރެއްވިގޮތުގައި އެ މަސައްކަތް ހިންގިޔަ ނުދޭން މި ޕްރޮޖެކްޓް އާއި ގުޅުންހުރި އާރުޑީސީގެ ބައެއް މެޝިނަރީސް އާއި މިކަމާ ގުޅުންހުރި އެހެންވެސް ވަސީލަތްތައް ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހިފެހެއްޓިއެވެ.
”މިނިސްޓްރީއިން މިކަމުގެ ތެރެޔަށް ވަދެގެން އުޅެނީ ވަލުދޮރޯށިން.“ މަންޑޭ ވިދާޅުވިއެވެ.
ޕްރޮޖެކްޓް ނުހިންގި ލަސްވެފައި އޮތީ، ނުވަތަ ޕްރޮޖެކްޓަށް އިހުމާލުވެފައި އޮތީ ސިޓީ ކައުންސިލްގެ މައްސަލަ އަކުން ކަމަށް ޕްލޭނިންގ މިނިސްޓްރީއިން ބުނާ ބުނުން ފަހުމު ނުވާކަން ފާހަގަކުރައްވައި މަންޑޭ ވިދާޅުވީ ހުރިހާ ވަސީލަތެއްގައި މިނިސްޓްރީއިން އަތްއަޅައިގެން ހުރެ އެހެން ފަރާތްތަކަށް އިނގިލި ދިއްކުރުން ރަނގަޅު ނޫން ކަމުގައެވެ.
@rdcmaldives އާރްޑީސީ ގެ ދަރަނި ،އަރަނީގެ ގޮތުގައި ދެއްކުމަށްތޯ އަމީނީމަގުގެ ތާރުއެޅުން އަގު ދެގުނަބޮޑުކޮށް ތިޔަ ހަވާލުކުރީ. މި މަސައްކަތް ލަސްވުމުގެ އެންމެ ބޮޑު ޒިންމާ އެއް ނަގަންޖެހޭނެ ފަރާތަކީ @MoNPHImv
3/1 https://t.co/PI4tsKfM3I— Ahmed Mamdhooh (@Mandey77) July 4, 2022
މާލެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުން އާރުޑީސީ އާއި ހަވާލު ކުރީ އެކުންފުނިން ހުށަހެޅި އަގު ކަމަށްވާ 39 މިލިއަން ރުފިޔާއަށެވެ. އެކަމަކު ޕްލޭނިންގ މިނިސްޓްރީއިން އެ މަސައްކަތް އާރުޑީސީއާއި ފަހުން ހަވާލު ކުރީ 84 މިލިއަން ރުފިޔާ އަށެވެ. މިކަމާ ގުޅިގެން މޭޔަރު މުއިއްޒު ވަނީ ޕްލޭނިން މިނިސްޓްރީގެ މައްޗަށް 45 މިލިއަން ރުފިޔާގެ ވައްކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނުގެ އިތުރުން ކޮންޓްރެކްޓަރާ ބެހޭ ގާނޫނަށް މިނިސްޓްރީއިން ހިލާފުވެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް މިނިސްޓްރީއިން ވަތް މައްސަލައިގައި ކައުންސިލުން އަމަލުކުރާނެ ގޮތް ވަރަށް އަވަހަށް ނިންމަވާނެކަން މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
މަގު ހެދުމުގެ މައްސަލައިގެ އެއްބަސްވުމާގުޅޭގޮތުން އެމްޑީޕީއަށް ނިސްބަތްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މުއިއްޒުގެ ވާހަކައަށް ތާއީދު ކުރައްވާފައެވެ.
Mookey ah hindhukolhu ais huri vaguthakah vedhaane