ޚަބަރު

ކާނަލްގެ ޕާސްޕޯޓު ހިފަހައްޓައިފި

ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙަންމަދު ނަޝީދު (ކާނަލް) ގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ކްރިމިނަލް ކޯޓުން ކާނަލްގެ ޕާސްޕޯޓު ހިފެހެއްޓައިދިނުމަށް އެދި ނެރެފައިވާ އަމުރުގައި ބަޔާންކުރާ ގޮތުގައި، ކާނަލްގެ ޕާސްޕޯޓު ހިފަހައްޓަން ނިންމާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއިއެކު އިތުރު ބަޔަކު އެއްޖިންސުން ގުޅުން ހިންގާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ކާނަލް ރާއްޖޭގައި މަޑުކުރުވަން ބޭނުންވަނީ އެބޭފުޅާ ރާއްޖެއިން ފުރައިގެން ގޮސްދާނެކަމަށް ބެލެވޭތީއެވެ. އަދި ރާއްޖެއިން ފުރައިގެން ގޮސްދާނެކަމަށް ބެލެވެނީ މި މައްސަލައިގައި ކާނަލް ޝާމިލް ވާކަމުގެ ތުހުމަތުގައެވެ.

ހަމަ އެހެންމެ ފިލައިގެން ގޮސްދާނެކަމަށް ބެލެވޭ ހެއްކެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކާނަލް އަކީ ރާއްޖެއިން ބޭރަށް ދިޔުމުގެ މާލީ ތަނަވަސްކަން ހުރި މީހަކަށް ވުމާއި، އާންމުކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތަކަށް ވުމާއި، މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް އާންމުކޮށް ރާއްޖެއިން ފުރައިގެން ދާކަން ފާހަގަކުރެވިފައިވުމެވެ.

ކާނަލްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ކޮށްފައިވަނީ މިމަހުގެ 05 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button