ރިޕޯޓް

ރާއްޖެ ދެވަނަ އަންދަލުސް އަކަށް ވަނީ؟

މުސްލިމުން ވެރިކަން ކުރި އަންދަލުސްއަކީ މިއަދު ސްޕޭނާއި ޕޯޗުގަލް އޮތް ސަރަހައްދެވެ. އެ ސަރަހައްދުގައި މުސްލިމުން 781 އަހަރު ވެރިކަން ކުރިއެވެ. ޔޫރަޕަށް ތައުލީމާއި ތަރައްގީގެ ދޮރުތައް ހުޅުވައިދިން މަރުކަޒެއްގެ ގޮތުގައި 8 ގަރުނު ވަންދެން އަންދަލުސްގެ ދައުލަތް ދެމި އޮތެވެ.

އިލްމާއި ތަރައްގީގެ މަރުކަޒަކަށް އޮތުމަށް ފަހު އަންދަލުސްގައި މުސްލިމުންގެ ވެރިކަން އޮތް އެންމެ ފަހު ރަށް ޣިރްނާޠާ ނުވަތަ މިހާރުގެ ގްރެނާޑާ މީލާދީން 1492 ގައި ނަސާރާ ލަޝްކަރުތަކުން އަރައި، އެތަން ހިފައި އެމީހުންގެ ކިއްލާތަކަކަށް ބަދަލުކުރިއެވެ.

މިކަމުގެ ފަހަތުގައި އެތަކެއް ސަބަބުތަކެއް ވެއެވެ. އެގޮތުން އިސްލާމްދީނާ ދުރަށް ގޮސް ދުނިޔޭގެ ދަޅައަށް ހެއްލިގެންދިއުން ހިމެނެއެވެ. ދުނިޔޭގެ އުފަލާއި އަރާމު ހޯދުމަށް އާހިރަތްދުވަސް މަތިން ހަނދާންނައްތާލިއެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ރާބުއިމާއި، ފާހިޝް އަމަލުތައް އާންމުވެގެން ދިއުމުގެ ސަބަބުން އެފަދަ ކަންކަމަށް އަދަބުދިނުން ހުއްޓާލުމެވެ. މީގެ އިތުރުން ވެރިކަމުގެ ދަހިވެތިކަމުގައި ވަކިވަކި ދައުލަތްތަކެއް އުފައްދައި އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރަން ފެށިއެވެ. މުސްލިމު އަހުންނާ ދެކޮޅަށް ދުޝްމަނު ކާފަރުންގެ އެހީތެރިކަން ހޯދިއެވެ. އާހިރުގައި އެކަމުގެ ހިތި ރަހަލީ މުސްލިމުންގެ ކަރު ބުޑުގައެވެ. މި ހަނގުރާމަ ތަކުގައި އެހީތެރިކަން ފޯރުކޮށްދިން ނަސާރާއިން، މުސްލިމުންނަށް މަކަރުހަދައި ލަނޑު ދިނީއެވެ. މުސްލިމުން ވެރިކަމުން ބާލައި މުޅި އަންދަލުސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

އަޅުގަނޑުމެންގެ ރާއްޖެ މިފަދަ މިސްރާބަކަށް ހިނގައިދާނެ ކަމުގެ ރަނގަބީލުގެ އަޑު މިވަނީ އިވެން ފަށާފައެވެ. އިސްލާމީ ގައުމެއް ގިރާކުރަން ނުޖެހޭ އޮޅިތަށް ގިރާކުރާކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ހަތް އުޑު މަތިން ބާވާލަށްވާފައިވާ ހުކުމްތަކާއިމެދު ގާނޫނު ހަދާ މަޖީލީހުގައި ބަހުސް ކުރުމަކީ އަނދަލުސް އާއި އެއްމިސްރާބަކަށް ރާއްޖެ އެޅި ފުރަތަމަ ފިޔަވަޅެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފާޅުގައި ހުކުމްތަކަށް އިންކާރު ކުރާ މީހުންގެ އަދަދު އިތުރު ވެގެންދިއުމެވެ. މާތް ވެގެންވާ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާންމުކަމަކަށް ވެގެންދިއުމެވެ. ހަށިވިއްކުން ފަދަ ފާހިޝް އަމަލުތައް ރާއްޖޭގައި އާންމުވެގެން ދިއުމެވެ.

ހުޅަނގުގެ ގޮތްތަކާއި އާދަކާދަތައް މިވަނީ ގިނަ ދިވެހިންގެ ސިކުނޑި ފަތަހަކޮށްފައެވެ. ޑިމޮކުރެސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައެވެ. ފިކުރީ ހަނގުރާމާއިގެ އަވައިގައި ރަނގަޅަށް ވެސް ޖެހިއްޖެއެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް މިވަނީ އިސްލާމް ދީނުގެ ހުކުމަތައް ތަންފީޒު ކުރުމަށް ނުކުޅެދިފައެވެ. ސަބަބަކަށް ވެފައި މިވަނީ ބޭރުގެ ގައުމުތަކަށް އެކި ކަންކަމުގައި ބަރޯސާވާން ޖެހިފައިވާގޮތަށް ކަންކަން ބައްޓަންކުރުމެވެ. އެމީހުންގެ ފަރާތުން ލިބޭ ދުނިޔެވީ ފައިދާ އަކަށްޓަކައި އިސްލާމްދީން ގުރުބާން ކުރަންޖެހިފައި ވުމެވެ.

ދެވަނަ އަންދަލުސްއަކަށް ރާއްޖެ ނުވަނީސް ގައުމުގެ ނައު ރަނގަޅު މިސްރާބަކަށް ބަދަލުކުރުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަންޖެހޭ ވަގުތު މިއޮތީ އައިސް ޖެހިފައެވެ. ވަގުތު ފާއިތުވެއްޖެނަމަ ދެން ހެދޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

 

One Comment

  1. އަހަރުމެން ގިނަމީހުންންށް ވަރިހަަަމަ ކާއެތިކޮޅު ލިބެނިކޮށް ކޮންމެކަމެއްވެސް ވެ ނިމިގެންން އެކަމަކުން ވާނެގެއްލުމެއް ވެ އެމީހހަކަށް އޭގެ އުދަގޫތައް ނުވަތަ ގެއްލުމެއް ވާންފެށީމަ ނޫނީ އަޅާނުލެވި ތިބެވެނީ ސުނާމީގެ މަތިން މިހާރު ގިނަމީހުންނެއް ހަނދާނެއް ނެތްރައްޔިތުން ބޭނުންނުވާ ގޮތަކަށް ގައުމުގަ އެއްވެސް ކަމެއް ނުކުރެވޭނެ އެއީ އެންމެން އެކީގަ ނިކުމެ ބަައިބއަ ނުވެ މަސައްކަތްކޮ،،ްގެން އެނމެނެއް ހިފާ ހައްޔަރެއްވެސް ނުކުރެވޭނެ މިގައިމު ސައްތައިން ސައްތަ މުސްލިމް ގައުމެއްގޮތުގަ ބޭއްވުކީ އެންމެންގެ ޒިންމާއެ އަސްލާމީ ރިވެތި އުސޫލުތައް ނެތި ފާހިޝް ޝކަންޔައްތަކަށް ދޮރުތައް ހުޅުވި ދީނުގައިނަހީ ކުރެއްވި ކަންތައްތައް ޢާންމުވެ ހިގައދާނެކަމުގެ ނިޝާންތައް މިދަނީފެންނަމުން މިކަމަށް މިހާރު އަޅާނުލެވިއްޖެ ނަމަ ފަހުންކުރެވޭނެކަމެއް ނޯންނާނެޝ ްްްްްްްްްްްްްްްް

Leave a Reply

Your email address will not be published. Required fields are marked *

Back to top button