ޚަބަރު

އައު ރަންވޭ އާއި ސީޕްލޭން ޓާމިނަލަކީ އިގްތިސާދުގެ ކުރިއެރުން: މަޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ރަންވޭ އާއި ސީޕްލޭން ޓާމިނަލަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ ކުރިއެރުންގެ ގޮތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ސިފަކޮށްފިއެވެ.

ވީއައިއޭގެ އައު ރަންވޭ އާއި ސީޕްލޭން ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށުމާއި ގުޅިގެން މަޓީއިން ނެރުނު ބަޔާނެއްގައި ބުނީ ކުރިޔަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެ ކަމުގައެވެ.

 

 

ވީއައިއޭގެ އައު ރަންވޭ އަދި ސީޕްލޭން ޓާމިނަލަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ފެއްޓެވި ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ދެ މަސައްކަތެވެ. އެ މަޝްރޫއުގެ ދަށުން އައު ކާގޯ ޓާމިނަލް އަކާއި ފިއުލް ފާމެއްގެ އިތުރުން ޑިއުޓީ ފްރީ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button