ޚަބަރު

ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ގާޒީ ޝަކީލް ކުރިމަތިލައްވައިފި

ޕީޕީއެމް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް  ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް، ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

ސުޕްރީމްކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާއަށް ހަމަވާއިރު، ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ވަނަވަރު، އިއުލާނުގެ މުއްދަތު ހަމަވުމުން ޖޭއެސްސީއިން ހާމަކުރެއެވެ. މި ދެ މަގާމުގެ ތެރެއިން އެއް މަގާމަކަށް ގާޒީ ޝަކީލް ކުރިމަތިލެއްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ”ދިޔަރެސް“ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

2020 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީކަން ކުރައްވަމުންގެންދަވާ ޝަކީލް އެ މަގާމަށް އައްޔަން ކުރީ، އޭރު ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްސަލަ ބެއްލެވި އިސްގާޒީ ކަމުގައިވާ އަހްމަދު ހައިލަމް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

11 އަހަރުދުވަހުގެ ހުކުމެއް ރައީސް ޔާމީނުގެ މައްޗަށް އިއްވި ގާޒީ، އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާއިރު، މީގެ ކުރިން ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލުހުކުމެއް އިއްވި ގާޒީ އަލީ ރަޝީދުވެސް ވަނީ އެ ހުކުމް ކުރި ފަހުން ސުޕްރީމް ކޯޓަށް ބަދަލުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button