ޚަބަރުސިޔާސީ

ރާއްޖޭގެ މިނިވަންކަމާއި، އިސްލަަމީ ރިވެތި އުސޫލުތައް ނެތިދިއުމުގެ ބިރުވެރިކަން އުފެދިއްޖެ: މާއިލް

ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ ރިވެތި އުސޫލުތައް ނެތިދިއުނުގެ ބިރުވެރިކަން އުފެދިއްޖެކަމަށް ޕީޕީއެމްގެ ސެނެޓަރ ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކާބަފައިން އަހަރެމެންނަށް ދޫކޮށްފައިދިޔައީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ ރިވެތި އުސޫކުތައް ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ މިއަދުގެ ސަރުކާރުގެ ކެހިވެރި ރޭވުންތަކުން މިދެކަމުން ކުރެ އެއްކަމެއްވެސް ރާއްޖޭގައި ގާއިމްވެ އޮންނާނެކަމުވެ ބިރު އުފެދިފައިވުން ކަމަށެވެ.

މި ޓްވީޓުގައި މާއިލް އިތުރަށް ވިދާޅުވީ، މިއަދު ރާއްޖޭގައި ފާހިޝް އަމަލްތައް ކުރާ މީހުނަށްވުރެ، އެ ވީޑިއޯ ލީކުކުރާ މީހުން ކުށްވެރިވަމުންދާ ކަމަށެވެ. އަދި ނަބިއްޔާއަށް ފުރައްސާރަކުރާ މީހުނަށްވުރެ، އެކަން ހުއްޓުވާ މީހުން ކުށްވެރިވާ ކަމަށެވެ. ހަމަ އެހެންމެ ޝިރުކުކުރާ މީހުންނަށްވުރެ އެކަން ހުއްޓުވަން ތެދުވި މީހުން ކުށްވެރިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާއިލް މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މާއިލްގެ ޓްވީޓުގައި ފާހަގަކުރައްވާފައިވާ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީއިން ހަރާމްކަމެއް ކަމަށް ކަނޑައަޅާފައުވާ ޔޯގާ އަކީ ކަސްރަތެއް ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ބައެއް ބޮޑުން، ލީކުވެފައިވާ ވީޑިއޯތައް ދިފާއުކޮށްފައިވާއިރު، އަނެއް ބައި ބޭފުޅުން ކުށްވެރިކުރީ ވީޑިއޯ ލީކުކުރި ފަރާތްތަކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button