ޚަބަރުސިޔާސީ

ގާސިމަށް ޖިޒީ ދައްކަވައިގެން ހިންގާ ވެރިކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެ: ބޮންޑެ

 

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ސަރުކާރު ހިންގަވަމުންދަނީ ކޯލިޝަން ބައިިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ސަރުކާރުގެ މެޖޯރިޓީ އާއިއެކު ޖިޒީވެސް ދައްކަވައިގެން ކަމަށާއި މިގޮތަށް ޖިޒީ ދައްކަވައިގެން ހިންގާ ވެރިކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑެ ވިދާޅުވީ ސަރުކާރުގެ 60 އިންސަތައަކީ އެމްޑީޕީ ބައެއް ނޫންކަމަށާޢި އެ 60 އިންސައްތަ ރައީސް ސޯލިހު ދެއްވާފައިވަނީ ”ކަންނަން ނޫރު އަލީ ރާޖާ“ އަށް ކަމަށާއި، އަދި ކަންނަން ނޫރު އަލީ ރާޖާގެ އިސްކޮށް ހުންނެވީ ޤާސިމް އިބްރާހީމް ކަމަށެވެ. އެހެން ކަމުން ރައްޔިތުން ކޭތޯ ނުކޭތޯ ނުބަލައި ޤާސިމަށް ސަރުކާރުން ޖިޒީ ދޭން ޖެހޭކަމަށާއި، އެގޮތަށް ޖިޒީ ދީގެން ހިންގާ ވެރިކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

”ސަރުކާރުގެ 40 ޕަސެންޓް އޮތީ އެމްޑީޕީގެ، އެ މައިނޯރިޓީ، ސަރުކާރުގެ މެޖޯރިޓީ އޮތީޯ ކަންނަން ނޫރު އަލީ ރާޖާގެ. ކަންނަން ނޫރު އަލީ ރާޖާގެ އިސްކޮން ހުރީ ޤާސިމް އިބްރާހީމް މިވަގުތު އޭނާއަށް ޖިޒީ ދޭންް ޖެހޭ. އޭނާއަށް އެއާޕޯޓްތަކާއި ރަށްތައް ދޭންޖެހޭ، ރައްޔިތުން ކޭތޯ ބަލާކަން ނުޖެހޭ. އެގޮތަށް ޖިޒީ ދީގެން ހިންގާ ވެރިކަމެއް ރައްޔިތުން ބަލައެއް ނުގަންނާނެ.“ ބޮންޑެ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޞާލިހު ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން ޖިޒީ ދެއްވަމުން ދަނީ ބަޣާވާތަކުން މި ވެރިކަން ވައްޓާލަފާނެ ކަމުގެ ބިރަށް ކަމަށެވެ. އަދި މި ސަރުކާރަށް ޤާނޫނާއި ޤަވާއިދު ތަންފީޒް ނުކުރެވޭކަމަށާއި ކޮރަޕްޝަންވެސް ނުބެލޭކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަންސް ކޮމިޝަންސްވެސް ވީތަނެއް ނޭގޭކަމަށާއި، އަދި މިފަދަ ވެރިކަމެއް ކޮށްގެން ރައްޔިތުން އެމްޑީޕީ ގަބޫލު ނުކުރާނެ ކަމަށާއި، ރައްޔިތުން އެމްޑީޕީ ބަލައިގަންނާނެ ހަމައެކަނި ގޮތަކީ ހެޔޮ ވެރިކަމެއް ޤާއިމް ކޮށްދެވިގެންކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހު ފެކްޝަނާއި، ރައީސް ނަޝީދު ފެކްޝަން އުފެދިފައިވާއިރު މެންބަރު އިބްރާހިމް ރަޝީދު ފާހަގަކުރެވެނީ ރައީސް ނަޝީދަށް ވަފާތެރި އެ ފެކްޝަންގެ މެންބަރެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button