އެމްޑީޕީގެ ފައުންޑަރ ގޯގޯ ލަޠީފް އަވަހާރަވެއްޖެ
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފައުންޑަރ މެމްބަރު ކަމަށްވާ މުޙައްމަދު ލަޠީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެއެވެ.
ގޯގޯ ލަޠީފް އަކީ ދިވެހިރާޢްޖޭގައި ސިޔާސީ ޕާޓީތައް ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން އަވަށްޓެރި ސްރީލަންކާގައި އެމްޑީޕީ ރެޖިސްޓަރކޮށް ހިންގެވުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ.
ގޯގޯ ލަޠީފް އަވަހާރަވުމާއި ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ޢާއިލާއަށް ތަޢުޒިޔާގެ މެސެޖްތައް ފޮނުއްވަމުންނެވެ. ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ އިތުރުން ރައީސް މައުމޫނުވެސް ވަނީ ލަޠީފްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
އެމްޑީޕީގެ އެއް ފައުންޑަރ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި މުޙައްމަދު ލަޠީފު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާ އެކު. މަރްޙޫމަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) July 3, 2022
ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ބަލަދު ކުރުމަށް ނުވަތަ ދިވެހި ރާއްޖެއަށް އެހެން ބަދަލެއް ގެނައުމަށް ބިރުކަނޑާލައި އެންމެ އިސްސަފުގައި ނިކުންނެވި އެއްފަރާތަކީ ގޯގޯ ލަތީފެވެ.
އަދި ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އީވާން ނަސީމް މަރުވުމާއި އެފަހުން ހިނގައި ދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެ މައުލޫމާތު ބޭރު ދުނިޔެއަށް ގެނެސް ދެއްވުމުގައި ލަތީފް މުހިން ރޯލެއް ކުޅުއްވިއެވެ.
Deeply saddened by passing of Mr Mohamed Latheef, one of the founders of MDP. Though we differed on political issues, we had always been good friends. May Allah bless his soul and grant his family strength! Condolences to his family @LitmusTimes and @MDPSecretariat
— Maumoon Abdul Gayoom (@maumoonagayoom) July 3, 2022
2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ ގޯގޯ ލަތީފަށް ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަޤާމު އަރުވާފައެވެ.
2012 ވަނަ އަހަރުު ރައީސް ނަޝީދުގެ ވެރިކަން ނިމުނުފަހުން ވެސް އޭނާ އެމްޑީޕީގެ ބައެއް މުޒާހަރާތަކުގައި ލަޠީފް ބައިވެރިވިއެވެ.
Alhugaduge hayaathuga dhimaavi varah hiyheyo,thedhuveri, vafaatheri,visnuntherii adhi ehaame hivvarugadha eh beyfulhakee Thinadhoo Mohamed Latheef.Siyasee gina kankamuge heyo lafaadhevvi baiverieh.Maaiy Allah marhoom ah suvaruge minvarukuravva,aaila ah kehtherikan dhevvashi.Ameen
— Mohamed Nasheed (@MohamedNasheed) July 3, 2022
ސިއްޙީ ޙާލަތުގެ ސަބަބުން ގޯގޯ ލަތީފް ފަހުން ދިރިއުޅުއްވަމުން ގެންދެވީ ސިޔާސީ ހަރަކާތްތަކާއި ދުރުގައި އަވަށްޓެރި ސްރީ ލަންކާގައެވެ.