
ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އާއި އެކު މަސައްކަތް ކުރައްވަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން ހެދިފައިވާ އިރު ސަރުކާރަށް ތާއީދު ކުރައްވާ ބައެއް ވަޒީރުން ދަނީ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދިނުމަށް އެދި ކެމްޕޭނު ކުރައްވަމުންނެވެ.
ޙަސަން ލަޠީފަކީ ރައީސް ސޯލިހުގެ ސިޔާސީ ހަޔާތުގައި ދޫކޮށްލެވޭނެ ބޭފުޅެއް ނޫންކަމަށް ރައީސް ސޯލިހު ވިދާޅުވާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކުރައްވަމުން ޙަސަން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސިޔާސީ ހަޔާތްޕުޅުން ޙަސަން ދޫކޮށްނުލެއްވުނަސް 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއިއެކު މަސައްކަތް ކުރަން ދަތިކަމަށެވެ. އަދި އޭނާއަށް ލަފާކުރެވޭ ގޮތުން ރައީސް ސޯލިހުއަށް އެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވޭކަން ނެތްކަމަށް ޙަސަން ވިދާޅުވިއެވެ.
ރައީސް އިބްރާހީމް.މ.ސޯލިޙް. ރައީސްގެ ސިޔާސީ ހަޔާތްޕުޅުން ރައީސްއަށް އަޅުގަނޑު ދޫކޮށްނުލެއްވުނަސް, 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރާން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާކުރެވެނީ ރައީސްއަށް އެ އިންތިޚާބު MDP އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް. pic.twitter.com/uR1X4KvaQv
— Hassan Latheef🎈 (@HassanLatheef) July 2, 2022
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ވާދަކުރެއްވުމަކީ އެމްޑީޕީއަށްއެންމެ ފައިދާހުރިގޮތް ނޫންކަމުގައި ވިދާޅުވެފައެވެ.