ޚަބަރު

‎ ސިޔާސީ ދާއިރާއަށް ޝައުގުވެރި ކަމެއް ނެތް: ޢަލީ ރަމީޒް

ވެރިކަަމަށް އައުމަށާއި ސިޔާސީ ދާއިރާއަށް ނިކުތުމުގެ ޝައުގުވެރި ކަން އަދި ނެތް ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒް މިފަދައިން ވިދާޅުވީ ތ. ހިރިލަންދޫ ގައި ބޭއްވި ޖަމިއްޔަތުއްސަލަފުގެ އިވެންޓެއްކަމަށްވާ ”ޢަލީ ރަމީޒާއެކުއިވެންޓްގައި އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހިރިލަންދޫގެ ރައްޔިތުން ވަނީ ޢަލީ ރަމީޒަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތި ކޮށްފައެވެ. އެގޮތުން ސިޔާސީ ދާއިރާއަށް ނިކުތުމުގެ ޝައުގުވެރިކަން ހުރިތޯއާއި ވެރިކަމަށް ކުރިމަތިލުމުގެ އެއްވެސް ޝައުގެއް ހުރިތޯވެސް ސުވާލު ކޮށްފައިވެއެވެ.

އެސުވާލުގެ ޖަވާބުގައި ޢަލީ ރަމީޒް ވިދާޅުވީ މިވަގުތު އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، ނަމަވެސް ކަންކަން ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.


”މިވަގުތު ތިކަމުގެ އެއްވެސް ޝައުގެއް ނެތް. ނަމަވެސް ކަންކަން ބަދަލުވެގެން ދިއުމަކީވެސް ނުވާނެ ކަމެއް ނޫން.“ އަލީ ރަމީޒުބ ވިދާޅުވިއެވެ.

މީގެ އިތުރުން ޢަލީ ރަމީޒް ވިދާޅުވީވަކި މީހަކު ވެރިކަަމަށް އައިސްގެން ނުވަތަ ވަކި މީހަކު ވެރިކަމުން ފައިބައިގެން ލިބޭނެ ވަޒީފާއެއް ނުވަތަ ގެއްލޭނެ ވަޒީފާއެއްނެތް ކަމަށެވެ.

އަދި އޭނާއަށް  އެއްވެސް ސިޔާސީ ޝަހުސިއްޔަތެއް މުހިންމު ނޫންކަމަށާއި، ޢަލީ ރަމީޒަކީ އޭނާގެ މުޅި ޙަޔާތުގައިވެސް އެއްވެސް ސިޔާސީ މީހެއްްގެ އަތުން ލޯލާރިއެއްވެސް ބޭނުން ކުރި މީހެއް ނޫން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

”ސިޔާސީ ބައެއް ފަރާތްތަކަށް އަޅުގަނޑަކީ މިއަދުވެސް މުހިންމު މީހަކަށް ވިޔަސް އަޅުގަނޑަކަށް އެއްވެސް ސިޔާސީ ޝަހުސިއްޔަތެއް މުހިންމެއް ނޫން، ޢަލީ ރަމީޒް ވިދާޅުވިއެވެ.“، އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒާއެކުސިލްސިލާ ޕްރޮގްރާމްތަކަކީ އޭނާއަށް ޙިދާޔަތުގެ އަލިކަން ލިބުނު ގޮތާއި ގުޅޭ މަޢުލޫމާތު  އާންމުންނާއި ހިއްސާކުރުމަށް ބާއްވާ ޕްރޮގްރާމްތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button