ޚަބަރުސިޔާސީ

ޚުދުމުޚުތާރު ވެރިއަކު އިންޑިއާ އާއި ފުލުހުންގެ އެހީތެރިކަމާއެކު އުސޫލުތައް ހަފައި ހުސްކޮށްފި: ރައީސް ޔާމީން

ޚުދުމުޚުތާރު ވެރިއަކު އިންޑިއާ އާއި ފުލުހުންގެ އެހީތެރިކަމާއެކު ދިވެހިން ޒަމާނުއްސުރެ ގަބޫލު ކުރަމުން އައި ރިވެތި ހަމަތަކާއި އުސޫލުތައް މުގުރާ ހަފުސް ކޮށްފި ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ގާނޫނޫ އަސާސީގައި ބަޔާންކުރާ ދީމިގްރާތީ އުސޫލުތައް ވަރަށް ބޮޑަށް ރޭވިގެން ހިންގާ ތަރުތީބެއްގެ ދަށުން ގައުމަށް ޣައްދާރުވެފައިވާ ވެރިއަކު އަންނަނީ ފުލުހުންގެ އިސް ވެެރިންނާ ގުޅިގެން ނެތިކޮށްލަމުންނެވެ.

ޔާމީން ވިދާޅުވިގޮތުގައި އެކަން އެ މަގުން ހިނގަނީ ދިވެހިންނަށް ގަނާ ކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ނުފޫޒުންނެވެ. އެމަނިކުފާނުގެ ޓުވީޓު އަމާޒު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކޯލިޝަންގެ ބައިވެރިންނަށެވެ.

މިއަދު އެކަންކަމަށް އަތް ޖަހައި ބަޔަކު ތަރުހީބު ދިނެއް ކަމަކު އިސާހިތަކު މިދުވަސްވެސް ހިނގައިދާނެ ކަމުގައި ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދަ ޓުވީޓެއް ކުރައްވާފައި ވަނީ ދައުލަތުގެ ފެންވަރުގައި އެއް ޖިންސުން ގުޅުން ހިންގުމާއި، ފާހިޝް އަމަލުތައް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

3 Comments

  1. މިރާއްޖެދުށް އެއްމެ ޚުދުމުޚްތާރުވެރިޔާ ތީ !
    އަދިހެޓިލަރާ ފިރުއަވްނަށްވުރެ އަނިޔާވެރި އެއްތިޔަ ޔމނ ކީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button