ޚަބަރު

ނަފްރަތުގެ ބިލުގެ ފަހަތުގައި ނަޝީދު؟

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނަފްރަތުގެ ބިލުގެ ދިފާއުގައި ތެދުވެއްޖެއެވެ. ގާނޫނުލްއުގޫބާތު އިސްލާހުކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ހުށަހަޅުއްވާފައިވާ ބިލާ އެއްގޮތަށް މުސްލިމަކު ކާފަރު ކުރުން ނުވަތަ ސިފަކުރުން އަދި ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށް ސޮއިކުރަން ފަށާފައިވާ ޕެޓިޝަނެއް ނަޝީދު ވަނީ ތާއީދުކުރައްވާފައެވެ.

މި ޕެޓިޝަން ޓްވީޓް ކުރެއްވުމަށްފަހު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ޕެޓިޝަނުގައި ސޮއި ކުރުމަށް ނަޝީދުވަނީ އެދިވަޑައިގަންފައެވެ. އެ ޕެޓިޝަނުގެ ބޭނުމަކީ މީހުންނަށް ލާދީނީ އަދި ކާފަރަށް ގޮވުން ހުއްޓުވުންކަމަށް ބުނެފައި ވެއެވެ.

ނަޝީދު މި ޕެޓިޝަނަށް ތާއީދުކުރައްވާފައި މިވަނީ ނަފްރަތުގެ ބިލް މަޖިލީހުން ބޭރުކުރުމަށް 101 ދީނީ އިލްމުވެރިޔަކު ސޮއި ކުރަށްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button