ޚަބަރު

ޝެއިޚް ނިޝާންގެ ދަރިފުޅާ ޖެންޑާއިން ކުރަމުންދާ އިންޓަވިއުގައި ހާދިސާ އާއި ނުގުޅޭ ސުވާލުތަކެެއް

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ޝެއިޙް އާދަމް ނިޝާންގެ ދަރިފުޅު ޖެންޑަރ މިނިސްޓްރީއަށް ހާޒިރުކޮށް އިންޓަވިއު ކުރަމުންދާކަން ހާމަވެއްޖެއެވެ.

ނަންހާމަނުކުރުމަށް ޝަރުތުކޮށް “ބޮންތި” އާއި މައުލޫމާތު ހިއްސާކުރި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފަކު ބުނީ ޝެއިޙް ނިޝާން ހައްޔަރުކުރުމާއެކު ޝެއިޙްގެ ދަރުފުޅު ޖެންޑަރ މިނިސްޓްރީއަށް އިންޓަވިއުކުރުމަށް ހާޒިރުކުރަން ފަށާފައިވާ ކަމަށެވެ.

މައުލޫމާތުދިން ފަރާތުން ބުނިގޮތުގައި މި އިންޓަވިއުތަކުގައި ސުވާލުކުރެވެނީ މައިގަނޑު ގޮތެއްގައި ގޭތެރޭގެ ކަންކަމާއި ބެހޭގޮތުންނެވެ. އެގޮތުން ގޭތެރޭގައި މިއުޒިކު ޖެހުމަށް ހުއްދަ އޮވޭތޯއާއި، ނެށުމަށް ހުއްދަ ދޭތޯއާއި، ޓީވީ ބެލުމުގެ ކަންކަން ހުންނަގޮތާ ބެހޭގޮތުން ސުވާލު ކުރަމުން ދާކަމަށް ބުންޏެވެ. މީގެ އިތުރުން މައިންބަފައިން އަނިޔާކޮށް ހަދާތޯއާއި، އަމިއްލަ މިނިވަންކަމާއި ބެހޭގޮތުން ސުވާލު ކުރަމުން ދާކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ހަމަ އެހެންމެ ޝެއިޙް ނިޝާންގެ ދަރިފުޅު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޖެންޑާރ މިނިސްޓްރީއަށް ގެންގޮސްފައިވާ ކަމަށާއި، މިފަދަ އިންޓަވިއުތަކަކީ އާންމުކޮށް ސިލްސިލާ އިންޓަވިއުތަކެއް ކަމަށް އެފަރާތުން ބުންޏެވެ. މީގެ އިތުރުން ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އެހެން ފަރާތްތަކުގެ ދަރިންވެސް އިންޓަވިއުކުރުމަށް ގެންދިޔުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

މީގެ ދުވަސްތަކެއް ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ޝެއިހް ނިޝާންގެ ދަރިފުޅަށް ނަފްސާނީ އެހީތެރިކަން ބޭނުންވާނެ ކަމަށް ޝެއިޙް ނިޝާން އާއި ހަވާލާދީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް ޝެއިޙް ނިޝާން ވަނީ ލޯޔަރު މެދުވެރިކޮށް މިކަން ދޮގުކުރައްވާފައެވެ.

2 Comments

  1. މިއީ ކަނޑައެޅި ގެން ބޮޑު ދޮގެއް. ޖެންޑަރ އަކަށް ނުގެންދޭ އަދި އެކަހަލަސުވާލެއް ވެސް ނުކުރޭ. ހަމަ އެކަނި ހާލު ބަލާލަން ގެއަށް ވަޑައިގަތީ.

  2. މި އާޓިކަލް އަށް ޚިޔާލު ފާޅުކުރި އެހެންމީހުންގެ ވާހަކަތަ އްވެސް ލިޔެލަބަލަ.ތެދު ހެދީ ދޮގުކުރި އަހަ އްމަދުތޯ ލާދީނީ ޖެންޑަރތޯ ބަލާލެވޭނީ އޭރުން.

Leave a Reply to އަހުމަދު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button