ދިވެހި މަސްވެރިންގެ ދުވަހާ ދިމާކޮށް، މަސްވެރިންނަ ސަރުކާރުންދޭ އެވޯޑަކުން އެމީހުންގެ ކަންބޮޑުވުންތަކައް ހައްލެއް ނުލިބޭތަނުގައި އެއިން ލިބޭނެ ލުޔެއްވެސް ނެތްކަމަށް މަޑަވެލި ދާއިރާގެ މެންބަރު، ހުސައިން ފިރުޝާނު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަމާޒުކޮށް ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެވޯޑު ދެވިދާނެކަމަށާއި އެއިން މަޑަވެލީގެ މަސްވެރިންނަށް ޖެހިފައިވާ ތަކުލީފަކަށް ނިމުމެއް ނާންނާނެކަމަށެވެ. އަދި ރާއްޖޭގައި އެންމެ މޮޅު ކެޔޮޅުން ތިބި މަޑަވެއްޔަކީ އެންމެ ގިނަ މަސްކިރުވި ދޯނިތައްވެސް ހުންނަ ރަށަށްވާއިރު، މި ސަރުކާރުން، މަޑަވެލީގައި އަޅަން ވައުދުވި އައިސް ޕްލާންޓުގެ ހިލަމެއް އަދިވެސް ފެންނަން ނެތްކަމަށް ފިރުޝާން ވިދާޅުވެފައިވެއެވެ.
އަދި މި ސަރުކާރަށް 4 އަހަރު ފުރިފައިވާއިރު، އެންމެ ކުޑަމިނުން އެރަށުގައި އޭޓީއެމްއެއްހާ ހިސާބުވެސް ބިނާކޮށްފައިނުވާކަމަށާއި ފިޝަރީޒް މިނިސްޓަރުވެސް ވަނީ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ފެއިލްވެފައިކަމަށް، މީގެ ކުރިންވެސް ފިރުޝާނު ވިދާޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.