ޚަބަރުސިޔާސީ

މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތެއް އޮންލައިން ކުރަނީ

ސިޓީ ކައުންސިލުން ދޭ ހުރިހާ ހިދުމަތްތައް ކުރިއަށް އޮތް 3 މަސް ދުވަސް ތެރޭގައި ޑިޖިޓަލައިޒް ކުރެވިގެން ދިޔުމަކީ އަމާޒެއްކަމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ ”ވަގުތު“ އަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ހާއްސަ ޓީމެއް އެކުލަވައިލައިފައިވާ ކަމަށެވެ.

އެކަމަށް ބޭނުންވާ ސާމާނުތަކާއި ހަދަން ޖެހޭ ސޮފްޓްވެއާތައް ހެދުމުގެ މަސައްކަތްތައް މިހާރު ޓީމެއްގެ ބެލުމުގެ ދަށުން ކުރިއަށް ދާކަމުގައި މުއިއްޒު ވިދާޅުވިއެވެ.

”އަމަޒާކީ ތިން މަސް ތެރޭ މާލެ ސިޓީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ ގޮތަށް ބަދަލުވެގެން ދިޔުން“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ކަމާއި މުއިއްޒު ހަވާލުވެވަޑައިގަތް ފަހުން މާލޭ ސިޓީ ކައުންސިލްގެ ކަންކަން ހަރުދަނާކުރެއްވުމަށް އަންނަނީ ވަރަށް މަސައްކަތްކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button