ޚަބަރުސިޔާސީ

ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މޮސްޓާގެ ގަރާރެއް

ޓުއަރިޒަމްގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖްލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގަރާރެއް ހުށައަޅުއްވައިފިއެވެ.

މީސްމީޑިގައި މި ގަރާރު އާންކުރައްވަމަމުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ބިލެއް ގޮތުގައި ނުލެވޭތީ ގަރާރެއްގެ ގޮތުގައި މިގަރާރު މިވަގުތު ލާން ޖެހުނީ ގައުމުގެ މާލީ ހާލަތު އަނދަވަޅަކަށް ވެއްޓިދާނެދީ ކަމަށެވެ.

މި ގަރާރުގައި ބަޔާންކުރާ ގޮތުގައި ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައި މިއޮތް ދަތި އިގްތިސާދީ ހާލަތުގައި ޓުރައިޒަމުން ލިބޭ ފައިސާ ދިވެހިރާއްޖޭގެ ސިސްޓަމްގައި ރޯލްވަމުންދާތަނެއް ނުފެނެއެވެ. އަދި މި މަދުފައިސާކޮޅުވެސް ރާއްޖޭގެ ބޭންކުތަކުގަައި ދައުރުވަނީ މަދުމިންވަރަކަށް ކަމަށް ވަނީ ބަޔާބްކޮށްފައެވެ.

ހަމަ އެހެންމެ މި ފައިސާ ރާއްޖެއިން ބޭރުގެ ބޭންކުތަކުގައި ދައުރުކޮށް، ބޭރުގެ ބޭންކުތަކަށް ޖަމާކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ފަތުވެރިކަމުގައި ރާއްޖޭގެ އުފެންދުންތަކުގެ ބަދަލުގައި ބޭރުގެ އުފެއްދުންތައް ބޭންނުންކުރާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ނަޝީދުގެ ގަރާރުގައިވަނީ، މިކަންކަން މިހެން ހުރުމާއެކު ޓުއަރިޒަމްއިން ލިބޭ އާންމަދަނީ ރާއްޖޭގެ ބެންކުތަކަށް ޖަމައުކޮށް، ޓްރާންސްފަރ ކޮންޓްރަޮލް ކުރުމާއި، ޓުއަރިޒަމަށް ބޭނުންވާ ތަކެތި ރާއްޖެއިން ފަސޭހައިން ލިބޭނެ ގޮތް ހެއްދުވަމަށް މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button