ޚަބަރު

ރައީސް ސޯލިޙަށް ދީބާޖާ ކުންފުނީގެ އިލްތިމާސެއް!

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްއެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް އެކުންފުނިން އިލްތިމާސެއް ކޮށްފިއެވެ.

ދީބާޖާ ކުންފުނިން ރައީސް ސާލިޙަށް ފޮނުވި އިލްތިމާސްގެ ސިޓީ “ބޮންތި” އަށް ވަނީ ލިބިފައެވެ. މި ސިޓީގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 18 ވަނަ މާއްދާއާއި 20 ވަނަ މާއްދާއިން ވަނީ ތަފާތުނުކުރުމާއި ހަމަހަމަކަން ގާއިމްކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލާޒިމް ކަމެއް ކަމަށް ކަނޑައަޅާފައި ކަމަށެވެ. އެހެން ނަމަވެސް ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުގައި ނަންބަރު:2021/SC-A/49 ހިނަގަމުން އެދަނީ 3 ވަނަ ފަހަރަށް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެކުންފުނިން ވަނީ މިއީ ގާނޫނީ ޝަރުއީ ގޮތުން ކިހިނެތް ގަބޫކުކުރެވޭނެ ކަމެއްތޯ ސުވާލު އުފައްދާފައެވެ. އަދި މި މައްސަލައިގެ އަޑުއެހުން 25 ނޮވެންބަރު 2021 ގައި ނިންމާލާފައިވާ ކަމަށާއި، އޭގެ ފަހަށް 7 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ހުކުމް ކުރުމުގެ ޝަރީއަތް ބާއްވާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ސިޓީގައި ބުނެފައިވަނީ، މިކަމާ ގުޅިގެން މައްސަލަ އަވަސް ކޮށްދިނުމަށްއެދި އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވި ނަމަވެސް، އަދިއަދަށް ދާންދެންވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް ކޯޓުތަކުން ވިލާ ގްރޫޕްގެ މައްސަލަތަކާއި، ނުފޫޒުގަދަ މީހުންގެ މައްސަލަތައް ރޮކެޓަށްވުރެ ބާރު ދުވެލީގައި ކުރިއަށްދަަކަމަށް ވަނީ ބުނެފައެވެ. އަދި އެކުންފުންޏާއިމެދު ސަރުކާރުން ހުރިހަ މަރުހަލާއެއްގައިވެސް އިސްކޮށްފައިވަނީ ތައައްސުފު ކަމަށާއި، މި އަނިޔާއަކީ ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ގަބޫކުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ ދިގުލައިގެން ދިޔުމުން ކުންފުންޏަށް ވަމުންދާ ގެއްލުން ރައީސުލް ޖުމްހޫރިއްޔާއަށް އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާނެކަމަށް ވަނީ ބުނެފައެވެ.

ސިޓީގައި އެކުންފުނިން އެދިފައިވަނީ އެމައްސަލަ އަވަސްކޮށްދިނުމަށާއި،  ހުކުމް ނުކުރެވި އޮތް ސަބަބު ސާފުކޮށްދިނުމަށެވެ. އަދި މި ސިޓީގައި ވަނީ މިކަންކަން ކޮށްދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް އިލްތިމާސް ކޮށްފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް އިއްޔެގެ ވަގުތެއްގައި މި ސިޓީ ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން މި ސިޓީއަށް ޖަވާބުއަރުވާފައިވާކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނެތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button