ޚަބަރުސިޔާސީ

ހިޔާނާތުގެ ރިޕޯޓަކީ ސަރުކާރުގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ގެންގުޅޭ ހަންޖަރެއް: މުހައްމަދު އިސްމާއިލް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓަކީ ސަރުކާރުގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ގެންގުޅޭ ހަންޖަރެއް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓު ފުރިހަމަ ނުވާކަމަށެވެ. އަދި އެ ރިޕޯޓް ތަހުގީގީ ރިޕޯޓަކަށް ނުފުދޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ހިޔާނާތުގެ ލިސްޓުގައި މުހައްމަދުގެ ނަން ހިމަނާފައިވެއެވެ. އެ ރިޕޯޓުގައިވާގޮތުން އޭނާއަށް 23.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

”ނަން ޖަހާނެ ސަފްހާއަކު ނަންޖައްސަވާ. ހައްގުމަގުގައި ތިބޭ މީހުން ތުރުތުރެއް ނާޅާނެ.“ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ހާމަކުރެއްވިގޮތުގައި ކޯލިޝަން ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އެތައް ދިވެހިންނެއް ދުނިޔެ ދޫކޮށްފިއެވެ. ރާއްޖެއާއި ހިލާފަށް ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ކާރިސާތައް ކޮންޓްރޯލްކޮށް ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދޭކަން މުހައްމަދު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެޗްވަންއެންވަން އިންފްލުއެންޒާ ވައިރަސް ކޮންޓްރޯލް ކުރެއްވި ކަމަށާއި އެކަމުގައި ރައްޔިތުންނަށް ތަކުލީފު ނުޖައްސަވާކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ބަރަކާތްތެރި ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ކިޔަން ޖެހެނީ މޮޅިވެރިކަމާއި ހިތްހަމަނުޖެހުމެއްގައި ހުރެގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button