އެމްޑީޕީއިން އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކަށް އިޙްތިރާމް ކުރާތަނެއް ނުފެނޭ: މިކްސަން
އެމްޑީޕީއިން އިސްލާމްދީނުގެ އަސްލުތަކާއި އުސޫކުތަކަށް އިހްތާރުމުކުރާތަން ނުފެންނާތީ، އެޕާޓީއިން ވަކުވުމަށްއެދި އެމްޑީޕީގެ އެކްޓިވިސްޓް މިކްސަން ޕާޓީއިން ވަކިވުމަށްއެސި ހުށައަޅައިފިއެވެ.
މިކްސަން ވަނީ ޕާޓީއިން ވަކިވުމަށްއެދި ހުޅައެޅި ސިޓީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައެވެ.
މިސިޓީގައި އޭނާ ބުނެފައިވަނީ، އެމްޑީޕީއާއި އެތައް އަހަރުތަކެއް ކުރިން ގުޅުނީ އެޕާޓީއާއިމެދު ނުހަނު ބޮޑު އުންމީދުތަކެއް އޮވެގެން ކަމަށެވެ. އަދި ޕާޓީގެ އުސޫލުތަކަށް ލޯބިކުރާތީކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ ލޯގޯ ރަމްޒުކޮށްދޭ ހަމަހަކަމާއި އިންސާފު މިހާރު ޕާޓީ ތެރޭގައި އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީީޑިއޯތަކެއް އާންމުވެފައިވީއިރުވެސް އެޕާޓީއިން އެކަން ކުށްވެރިކޮށްނުލާތާނގައި، ވީޑިއޯތަކުން ފެންނަކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާއިމެދު ފިޔަވަޅުބއަޅާފައި ނުވާކަންވެސް މިސިޓީގައި މިކްސަން ވަނީ ފާހަގަކޮށްފައެވެ.
ހަމަ އެހެންމެ އެމްޑީޕީއިން އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަަކަށް އިޙްތިރާމު ކުރާތަން ނުފެންނަ ކަމަށާއި، މިކަން މިހެން އޮތުމުން އިތުރަށް އެމްޑީޕީގައި ހުރުމަށް އޭނާގެ ޒަމީރު ތަންނުދޭ ކަމަށް ބުނެފައިވެއެވެ. އަދި މި ސިޓީގައިވަނީ އެޕާޓީގެ ދަފްތަރުން އޭނާ އުނިކޮށްދިނުމަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިކްސަން އަކީ އެމްޑީޕީއަށް ގިނަ ޙިދުމަތްތަކެއް ކޮށްދީފައިވާ، އެޕާޓީގައި ގިނަ ދުވަސްތަކެއް ހޭދަކުރި މެންބަރެކެވެ. މިކްސަން އެޕާޓީއިން ވަކިވުމަށް ނިންމިއިރު މިހާތަނަށް އެމްޑީޕީގެ ވަރުގަދަ އެތައް އެކްޓިވިސްޓުންނެއް ވަނީ ހަމަ މިކްސަންގެ ސިޓީގައި ފާހަގަކޮށްފައިވާ ސަބަބުތަކަށް އެމްޑީޕީ ދޫކޮށްލާފައެވެ.
Micson akee name tha aslu nan liyefa dhen thi kiyaa name liyunu nama dho noonee bureket koffa aslu nana liyeli nama