ކެތްތެރިކަން ކޮޅުންލައިފި: ސްޓޭޓް މިނިސްޓަރު ޝައިޚް އިލްޔާސް ޖަމާލް
ސަރުކާރާއި ދޭތެރޭ ކުރި އުއްމީދުތައް ވިއްސި ވިހާލިވެ ކެތްތެރިކަން ކޮޅުންލައިފިކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ މެންބަރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް އަކީ މިވަގުތު ދިވެހި ރާއްޖޭގެ ޤުރުއާނާއި ބެހޭ މަރުކަޒު ހިންގުމާއިވެސް ހަވާލުވެ ހުންނެވި ފަރާތެވެ.
އިލްޔާސް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ރާއްޖޭގައި ދީނާއި ޚިލާފް އެތަށްކަމެއް ހިނގަމުން ދިއުމާއި، އެއްޖިއްސުން ގުޅުން ހިންގާ ފަރާތްތަކާއިމެދު ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޢަދާލަތު ޕާޓީގެ ގިނަ ފަރާތްތަކުން ރާއްޖޭގެ ޙާލަތާއި ގުޅިގެން އެއްޗެއް ވިދާޅުނުވެ ތިބޭ ތިބުމާއި ގުޅިގެން އެޕާޓީއަށް ވަރަށްގިނަ ދީނީ ޢިލްމުވެރިންގެ ނުރުހުންވަނީ އަމާޒުވެފައެވެ.
އިލްޔާސްގެ ޓްވީޓަށް ރައްދު ދެއްވަމުން ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވީ ހަމަކަށަވަރުން الله ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައިކަމަށެވެ.
އުއްމީދުތައް ވިއްސިވިހާލިވެއްޖެ.
ކެތްތެރިކަން ކޮޅުންލައިފި.— إلياس جمال الوادوي (@IVaadhuvee) June 29, 2022
އެމްޑީޕީގެ ވެރިކަން ގެނައުމަށް އެޕާޓީ އާއިއެކު މަސައްކަތް ކުރި ގިނަ ބަޔަކު މިހާރު އަންނަނީ ކުރިން އެ ޕާޓީއަށް ކުތި ތާއީދު އަނބުރާ ގެންދަވަމުންނެވެ.
މީގެ ތެރޭގައި މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އިސް ފަރާތްތައް ހިމެނެއެވެ.
ހަމަހަގީ ގަތުގަވެސް ކެއްތެރިކަން ކޮޅުން ލާހިސާބައް ގޮސްފި އެކަމަކުވެސް އުއްމީކަޑައެއް ނުލަން ރައީސް ވަރައް ހަރުދަނާ ވާނެ
IlmA hilmu thahuthuga nethiyma kaneegeehenebaniy