ޚަބަރުސިޔާސީ

ޕީއެންސީގެ ރަޖިސްޓްރާ އަފޫ, ކެނދިކުޅުދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަނީ

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާާކަން ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު އިއުލާނު ކުރައްވައިފިއެވެ.

އަފޫ މިކަން އިއުލާނު ކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެެއްގައެވެ.

އަފޫ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ދާއިރާގެ ވަކި ރަށެއް ތަފާތުކުރުމެއްނެތި އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ތަރައްގީއާއި ތަހުޒީބާއި ތަމައްދުން، ހަގީގީ މާނައިގައި ހާސިލުކޮށްދިނުމުގެ ސާފު ނިޔަތާއެކު ކަމަށެވެ.

“ކެނދިކުޅޫދޫ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަޒުމުގައި، ދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއިއެކު ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ނ.ކެނދިކުޅުދޫގެ ހިތްގައިމު ކުޅި ސަރަހައްދުން ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާޙިމް އަދި މިނިސްޓަރ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު އާ ހަވާލު ކޮށްފީމެވެ.“ އަފޫގެ ޕޯސްޓުގައިވެއެވެ.

ކެނދިކުޅުދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ކެނދިކުޅުދޫ، ހެނބަދޫ، ކުޑަފަރީއާއި މާޅެންދޫއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button