ޚަބަރު

މޮރިޝަސް ބޭންކަށް އަލީޒާހިރު 2.3 މިލިއަން ރުފިޔާ ދެއްކުމަށް ހައިކޯޓުން ހުކުމް ކޮށްފި

މޮރިޝަސް ކޮމާޝަލް ބޭންކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީޒާހިރު 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށާއި، އެބޭންކުން އެފައިސާ ދެއްކުމަށް އަލީ ޒާހިރަށް އަންގާފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑުގެ ޗެއަރމަން ޢަބްދުﷲ ނަސީރު، އަލީ ޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާގެ ޗެެކެއް ޖަމާކުރުމަށްފަހު، އެފައިސާ ޖަމާ ނުވަނީސް، އަދި އެއަދަދަށް ފައިސާ ނެތީސް އިތުރު ޗެކެއް މެދުވެރިކޮށް އަލީ ޒާހިރުގެ އެކަންޓުން ޗެކެއް މެދުވެރިކޮށް 2.3 މިލިއަން ރުފިޔާ ނަގާފައިވާތީ އެފައިސާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށް މޮރިޝަސް ބޭންކުން އެންގި ސިޓީ ބާތިލްކޮށްދިނުމަށް ހުށައެޅުނު މައްސަލައެކެވެ.

އަލީ ޒާހިރުގެ އެކައުންޓުން ފައިސާ ނެތީސް 2.3 މިލިއަން ރުފިޔާ ދޫކުރުމާއެކު އެކަމަށް ޒިންމާވެވަޑައިގަންނަވަން ޖެހޭނެކަމަށް ބުނެ 18 ޖޫން 2018 ވަނަ ދުވަހު 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މޮރިޝަސް ބޭންކުން އަލީ ޒާހިރަށް ވަނީ އަންގާފައެވެ. މިކަމާ ގުޅިގެން އަލީ ޒާހިރު ވަނީ އެ ސިޓަި ބާތިލްކޮށްދިނުމަށްއެދި ސިވިލް ކޯޓަށް ހުށައަޅާފައެވެ.

ސިވިލްކޯޓުންވެސް އެއިރު މައްސަލަ ނިންމި ގޮތުގައި ސިޓީ ބާތިލުކުރަންޖެހޭ ސަބަބެއް ނެތެވެ. ސިވިލް ކޯޓުގެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަލީ ޒާހިރު އިސްތިއުނާފުކުރެއްވުމުން ހައިކޯޓުންވެސް ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button