ޚަބަރު

އިންޑިއާގައި މުސްލިމު ކުޑަކުއްޖަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

އިންޑިއާގެ ކަރްނާޓަކާގައި މުސްލިމް ކުޑަކުއްޖަކަށް ހަމަލާދީ ޒަޙަމްކޮށްލައިފިއެވެ.

ހޯމަ ދުވަހު ހިނގާދިޔަ ހާދިސާގައި ޒަޙަމްކޮށްލާފައިވަނީ ޝާޔަން ނަމަކަށް ކިޔާ މުސްލިމް ފިރިހެން ކުއްޖެކެވެ. ގުރޭޑު 6 ގައި ކިޔަވަމުންދާ ޝާޔަން ޒަޙަމްކޮށްލާފައިވަނީ ކަރްނާޓަކާގެ ތައްޔިބާ މިސްކިތުން ގެއަށްއައި މަގުމަތިން ސައިކެއްގައި އައި ދެމީހަކު ވެގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިދެމީހުންނަކީ އާރުއެސްއެސް ޖަމާއަތަށް ނިސްބަތްވާ ދެމީހުންނެވެ.

ހަމަލާދިނުމާއެކު ޝާޔަން އެހީއަށްއެދި ހަޅޭއްލަވަން ފެށުމުން ހަމަލާދިން ދެމީހުން ވަނީ ފިލާ ރައްކާވެފައެވެ. އަދި މިހާތަނަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލަމުންދާކަމެއް އެނގިފައެއް ނެތެވެ. މި މައްސަލައާއ ގުޅިގެން އިންޑިއާގެ އެތައް މުސްލިމު ރައްޔިތުންނެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުސްލިމުންނަށް ލާއިންސާނީ އަނިޔާކޮށް، މިސްކިތްތަކާއި މުސްލިމު ރައްޔިތުންގެ ގެތަށް ސުންނާފަތިކުރަމުން ދަނީ އެގައުމުގެ ސަރުކާރުން ހިންގާ ޕާޓީ ބީޖޭޕީގެ އެއްބާރުލުމާއި އެކުއެވެ. އަދި ބީޖޭޕީއިން ވެސް ގެންދަނީ ރަސްމީކޮށް މުސްލިމުންނާއި އިސްލާމްދީނާއިމެދު ނަފޔރަތު އުފެއްދުމުގެ ޕްރޮގްރާމުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

One Comment

  1. އިންޑިޔާގައި ދިރިއުޅޭ ހުރިހާ ދިވެހިން ރާއްޖެ އައުމަށް ގޮވާލާ ނަސޭހަތްތެރިވަން. ދެން ފެނިގެންދާނީ ދިވެހީންނަށް ހަމަލާ އަންނަތަން. އޭރުން މާލަސްވެގައި އޮންނާނީ. އަވަހަށް އެނބުރި ރާއްޖެ އާދޭ

Leave a Reply to އުއްޗު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button